Ads by Exprox

ޚަބަރު

ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ޕީއެންސީ ޖަލްސާއެއް މިރޭ!

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ޕީއެންސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޯގަސްޓު 2024، 05:36

26 އޯގަސްޓު 2024، 05:36

ރައީސް ޑރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ޕީއެންސީގެ ޖަލްސާއެއް މިރޭ އެޕާޓީގެ ހަރުގޭގައި އޮންނާނެ ކަމަށް އެޕާޓީ އިން ބުނެފިއެވެ.

ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާގޮތުން މި ޖަލްސާ އޮންނާނީ އެޕާޓީގެ ރަސްމީ ޖަގަހަ (ހ. ވެޔޮވިލާ، އާޓިފިޝަލް ބީޗް ކުރިމަތި)ގައި ކަމަށެވެ.

މި ޖަލްސާ މިރޭ 8:00 ގައި ފެށުމަށް ހަމެޖެހިފައިވާ ހަރުގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަދައްކަވާ ގޮތަށްވެސް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން މި ޖަލްސާގައި ދެން ވާހަކަ ދެއްވުމަށް ހަމަޖެހިފައިވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބުރާހިމް ފަލާހުއާއި، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco