ދުނިޔެ

ޕާކިސްތާނުން އީރާނަަށް ތާއީދުކުރާތީ ޕާކިސްތާނާއި ދެކޮޅަށް ކެމްޕޭނެއް ކުރިއަށްގެންދަނީ

ޕާކިސްތާނުން އީރާނަަށް ތާއީދުކުރާތީ ޕާކިސްތާނާއި ދެކޮޅަށް ކެމްޕޭނެއް ކުރިއަށްގެންދަނީ

އީރާނާއި އިޒްރާއިލްގެ ހަމަނުޖެހުން، ޕާކިސްތާނުން އޮތީ އީރާންއާއި އެއްކޮޅަށް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖޫން 2025، 12:00

19 ޖޫން 2025، 12:00

އިޒްރާއީލުން އީރާނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައާ ގުޅިގެން ޕާކިސްތާނުން އީރާނަށް ތާއީދުކޮށް ނެރުނު ބަޔާނާ ގުޅިގެން، އިޒްރާއީލުގެ މީޑިއާ ޕްލެޓްފޯމްތަކުގައި ޕާކިސްތާނާ ދެކޮޅަށް ނުރަނގަޅު ކެމްޕެއިނެއް ހިންގަމުންދާކަން ހާމަވެއްޖެއެވެ.

އަލްޖަޒީރާ ނެޓްވޯކްގެ "ސަނަދު" ނިއުސް ވެރިފިކޭޝަން އޭޖެންސީން ހޯދި ހެކިތަކުން ދައްކާގޮތުގައި، އިޒްރާއީލުގެ ނަންހުރި ނޫސްވެރިންނާއި، ޢަރަބި އަދި ޢިބްރީ ބަހުން ވާހަކަދައްކާ އިސް ފަރާތްތަކުން ޕާކިސްތާނާ ދެކޮޅަށް ދޮގު މަޢުލޫމާތު ފަތުރަމުންދާކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އަދި އިޒްރާއީލުގެ ސަރުކާރަށް ގޮވާލަމުންދަނީ ޕާކިސްތާނާ ދެކޮޅަށް ފިޔަވަޅު އަޅަން އަވަސްވުމަށެވެ.

އިޒްރާއީލުގެ ބައެއް ފަރާތްތަކުންް ފަތުރަމުންދާ ދޮގު މަޢުލޫމާތުގައި ބުނާ ގޮތުގައި، ޕާކިސްތާނުން އިޒްރާއީލާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރާނެކަމަށް ބުނެފައިވެއެވެ. އަދި ޕާކިސްތާނުން އީރާނަށް 750 ބެލިސްޓިކް މިސައިލް ފޮނުވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް މި މަޢުލޫމާތުތަކަކީ އެއްވެސް ހަޤީޤަތެއް ނެތް، މުޅިން ދޮގު މަޢުލޫމާތުތަކެއްކަން ވަނީ ސާބިތުވެފައެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ސެނެޓް މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، މި ހުރިހާ މަޢުލޫމާތުތަކަކީވެސް ދޮގު މަޢުލޫމާތު ކަމަށާއި، ޕާކިސްތާނުން އެއްވެސް ފަރާތަކަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރާނެ ކަމުގެ އިންޒާރެއް ދީފައި ނުވާ ކަމަށެވެ. އަދި ޕާކިސްތާނުގެ ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމްތައް ހަމައެކަނި ބޭނުންކުރަނީ ޕާކިސްތާނުގެ ދިފާޢަށް ކަމަށްވެސް ވިދާޅުވިއެވެ.

ޕާކިސްތާނުން ނެރުނު ބަޔާނުގައި ވަނީ އިޒްރާއީލުން އީރާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އީރާނުގެ ރައްޔިތުންނަށް ފުރިހަމަ އެއްބާރުލުން ދޭނެކަން ހާމަކޮށްފައެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުއާއި އދ އަށް ގޮވާލާފައިވަނީ މި ހަމަލާތައް ހުއްޓުވައި، އިޒްރާއީލް ޖަވާބުދާރީ ކުރުވުމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS