Ads by Exprox

ޚަބަރު

ރައީސްގެ އެމެރިކާ ދަތުރުފުޅަށް ޚަރަދުވީ 2.5 މިލިއަން!

ރައީސްގެ އެމެރިކާ ދަތުރުފުޅަށް ޚަރަދުވީ 2.5 މިލިއަން!

ރައީސް މުޢިއްޒު އދ.ގެ އާއްމު މަޖިލީހުގައި ތަޤްރީރުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޮކްޓޯބަރު 2024، 03:19

14 އޮކްޓޯބަރު 2024، 03:19

ހުލާސާ

  • ރައީސް މުޢިއްޒުގެ އދ. ދަތުރުފުޅަށް ޚަރަދުވީ 2،455،583.01 ރުފިޔާއެވެ.
  • ރައީސް ޞާލިޙްގެ ވެރިކަމުގައި އދ. އަށް ކުރެއްވި ދެ ދަތުރުފުޅުން ފުރަތަމަ ދަތުރުފުޅަށް 4،171،832.42 ރުފިޔާ އަދި ދެވަނަ ދަތުރުފުޅަށް 5،349،505.88 ރުފިޔާ ވަނީ ޚަރަދު ކުރައްވާފައެވެ.

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިދިޔަ މަހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވެފައިވަނީ 2.5 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ނުވަ ދުވަހަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ދިވެހި ދައުލަތުން ހޭދަކޮށްފައި ވަނީ 2،455،583.01ރ. ކަމަށެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މިއީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި އެމަނިކުފާނު އެމެރިކާއަށް ކުރެއްވި ދެ ދަތުރުފުޅުގައި ވެސް ހޭދަކުރި ވަރަށް ވުރެ ކުޑަ ޢަދަދެއްކަމަށެވެ.

ރައީސް ޞާލިޙްގެ ވެރިކަމުގައި ސެޕްޓެންބަރު، 2019 ގައި 11 ދުވަހަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ވަނީ 4.2 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އަދި 2021 ވަނަ އަހަރު 11 ދުވަހަށް ރައީސް ޞާލިޙް އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް 5.3 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.

"ވީމާ، މިފަހަރުގެ ދަތުރުފުޅުގައި ސަރުކާރުން ކުރެއްވި ހަރަދު ވަނީ މީގެ ކުރީގެ ދެ ފަހަރާ އަޅާ ބަލާއިރު ވަރަށް ބޮޑުތަނުން ކުޑަ ކުރެވިފަ އެވެ،" ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ރައީސް ޑރ މުއިއްޒު އެމެރިކާއަށް ކުރެއްވެވި މިދަތުރުފުޅުގައި މީގެކުރިން ރާއްޖޭގެ އެއްވެސް ރައީސަކު އދ.ގެ އާއްމު މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅުގައި ހަރަކާތްތެރިވެ ނުއުޅުއްވާވަރަށް ރާއްޖެއަށް ފަހިވާނެ ހަރަކާތްތަކުގައި ރައީސް މުޢިއްޒު ބައިވެރިވެ ވަޑައިގެންފައިވާ ކަމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco