ދުނިޔެ

އިޒްރާއީލުން އީރާނުގެ ވެރިކަން ވައްޓާލުމަށް ގޮވާލައިފި

އިޒްރާއީލުން އީރާނުގެ ވެރިކަން ވައްޓާލުމަށް ގޮވާލައިފި

އިޒްރާއީލުގެ ދިފާއީ ވަޒީރު ޔިސްރާއީލް ކަޓްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖޫން 2025، 03:35

19 ޖޫން 2025، 03:35

އިޒްރާއިލުން އީރާނުގެ ވެރިކަން ވައްޓާލުމަށް އިޒްރާއިލުން ގޮވަލައިފިއެވެ.

އިޒްރާއީލުގެ ދިފާއީ ވަޒީރު ޔިސްރާއީލް ކަޓްސް ވަނީ އީރާނުގެ ސަރުކާރު ވައްޓާލުމަށްޓަކައި އެ ގައުމުގެ އިސްތިރާޖީ އަދި ސަރުކާރުގެ ލަނޑުދަނޑިތަކަށް ދެމުންދާ ހަމަލާތައް އިތުރުކުރުމަށް ސިފައިންނަށް އަމުރުކޮށްފައެވެ. މިއާއެކު އީރާނުން ވަނީ އިޒްރާއީލުގެ ލަނޑުދަނޑިތަކަށް މެދުކެނޑުމެއްނެތި ހަމަލާދޭނެ ކަމަށް ބުނެފައެވެ.

އެކްސް ޕްލެޓްފޯމްގައި ޝާއިއުކުރި ޕޯސްޓެއްގައި ކަޓްސް ބުނީ، އޭނާއާއި ބަންޔަމިން ނަތަންޔާހޫ ވަނީ އިޒްރާއީލަށް ކުރިމަތިވެފައިވާ ނުރައްކާތައް ނައްތާލުމަށާއި އީރާނުގެ އާޔަތުﷲ ޢަލީ ޚާމަނާއީގެ ދަށުން ހިންގަމުނދާ ވެރިކަން ވައްޓާލުމަށް އިސްތިރާޖީ އަދި ސަރުކާރުގެ ލަނޑުދަނޑިތަކަށް ދެމުންދާ ހަމަލާތައް އިތުރުކުރުމަށް އިޒްރާއީލު ސިފައިންނަށް އިރުޝާދު ދީފައި ކަމަށެވެ.

އިޒްރާއީލުގެ މަތީ ފަންތީގެ އިސްވެރިއަކު "އީރާނުގެ ވެރިކަން ވައްޓާލުން" މިހާރު ހިނގަމުންދާ ހަނގުރާމައިގެ ލަނޑުދަނޑިއެއްގެ ގޮތުގައި ހާމަކުރީ މިއީ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް އިޒްރާއީލުގެ ބޮޑުވަޒީރު ބަންޔަމިން ނަތަންޔާހޫ ވަނީ ފާއިތުވި ދުވަސްތަކުގައި މިކަމާ ގުޅޭގޮތުން ސީދާ ޖަވާބުދިނުމުން އެއްކިބާވެ، އީރާނުގެ ވެރިކަން ވެއްޓުމަކީ ނަތީޖާއެއްގެ ގޮތުން އަންނާނެ ކަމެއް ކަމަށް ބުނެފައެވެ.

މީގެ އިތުރުން، އިޒްރާއީލުގެ ކުރީގެ ދިފާއީ ވަޒީރު އަވިގްޑޯރ ލިބަރމަން ވަނީ ސީދާ "އީރާނުގެ ވެރިކަން ވައްޓާލުމަށް" ގޮވާލާފައެވެ. އިޒްރާއީލް ބެއިތެނާ އިދިކޮޅު ޕާޓީގެ ލީޑަރު އެކްސްގައި ބުނެފައިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ފުރިހަމައަށް ނައްތާލައި، މިސައިލް ރައްކާކޮށްފައިވާ ތަންތަން ހަލާކުކުރަންދެން ކުރިއަށް ދާންޖެހޭ ކަމަށެވެ.

އެހެންނަމަވެސް، އީރާނުގެ އާމްޑް ފޯސަސްގެ ޗީފް އޮފް ސްޓާފް ޖެނެރަލް އަބްދުއްރަހީމް މޫސަވީ ބުނެފައިވަނީ އެ ގައުމުގެ ބާރުތަކުން އިސްރާއީލުގެ ލަނޑުދަނޑިތަކަށް މެދުކެނޑުމެއްނެތި ހަމަލާދޭނެ ކަމަށެވެ. މިދެ ގައުމުގެ ދެމެދުގައި މިއަދު އަނެއްކާވެސް ހަމަލާތައް ބަދަލުކުރެވި، ދެ ދުވަހުގެ ތެރޭގައި އީރާނުން ދިން އެންމެ ވަރުގަދަ މިސައިލް ހަމަލާގައި އިޒްރާއިލްގެ އެތައް ރައްޔިތުންނެއް ވަނީ ޒަހަމްވެފައެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS