ދުނިޔެ
12 ދުވަހަށް ފަހު މަސްޖިދުލް އަޤްޞާ ހުޅުވާލައިފި

މަސްޖިދުލް އަޤްޞާ އަޅުކަން ކުރާ މީހުންނަށް ހުޅުވާލުން
އިޒްރާއީލްގެ ބާރުތަކުން 12 ދުވަހަށް މަސްޖިދުލް އަޤްޞާ ބަންދުކޮށްފައި ބެހެއްޓުމަށްފަހު އަންގާރަ ދުވަހުގެ ރޭ މަސްޖިދުލް އަޤްޞާގެ ދޮރުތައް ހުޅުވާލައިފިއެވެ.
ފާއިތުވި 12 ދުވަހު މަސްޖިދުލް އަޤްޞާ ބަންދުކުޮށްފަައިހުރީ
އީރާނާއެކު ހިނގި ހަނގުރާމައިގެ ސަބަބުން 12 ދުވަހުގެ މުއްދަތަކަށް އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެނެވެ.
12 ދުވަހުގެ މުއްދަތައް ފަހު މަސްޖިދުލް އަޤްޞާގެ ހިއްޠާ، ސިލްސިލާ އަދި މަޖްލިސް ދޮރުތައް ނަމާދުކުރާ މީހުންނަށް މިހާރުވަނީ ހުޅުވާލައިފިއެވެ.
މި ލުއިތަކާއެކު، މަޤްދިސްގެ ފަލަސްޠީނު ރައްޔިތުންނަށް މިސްކިތައް ވަދެ ނަމާދުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިސްކިތުގެ ދޮރުތައް ހުޅުވާލުމާއި އެކު ގިނަ އަދަދެއްގެ ފަލަސްޠީންގެ މީހުން މަސްޖިލް އަޤްޞާއަށް ވަދެ ޢިޝާ ނަމާދު އަދާކޮށްފައިވެއެވެ.
އަދި ހަމަ މިއާއެކު، ފަލަސްޠީނުގެ ރަސްމީ ނޫސް އޭޖެންސީން ރިޕޯޓުކުރި ގޮތުގައި، ޗާރޗް އޮފް ހޯލީ ސެޕަލްކަރގެ ތަޅުދަނޑި ބަލަހައްޓާ އަދީބް ޖޫދާ ބުނެފައިވަނީ، 12 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށްފަހު، ބުދަ ދުވަހު އާންމު އުސޫލުން އެތަން ހުޅުވާލެވޭނެ ކަމަށެވެ.
އިޒްރާއީލްގެ ހޯމްފްރަންޓް ކޮމާންޑުން އަންގާރަ ދުވަހުގެ ރޭ އިޢުލާނުކޮށްފައިވަނީ، ޖޫން 13 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފެށުނު ހަނގުރާމައާ ގުޅިގެން ތަންފީޒުކުރި އެންމެހައި ހަނިކުރުންތައް މިރޭ 8:00 އިން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
މިގޮތުން އެއްވެއުޅުމާއި، މަސައްކަތްކުރުމާއި، ވިޔަފާރިތަކާއި އެހެނިހެން ތަންތަން ހުޅުވުމާއި، ތަޢުލީމީ ހަރަކާތްތައް ހިންގުމާއި، އަޅުކަން ކުރާ ތަންތަނަށް ވަނުމުގެ ހުއްދަ ވަނީ ދީފައިވެއެވެ.