ޚަބަރު
ތ. ވިލިފުށީ ފަޅުތެރޭގައި އޮތް ތެޔޮބޯޓެއްގައި އަލިފާން ރޯވެ އަދަނީ
 
                    އަލިފާން ރޯވި ތެޔޮބޯޓު/ފޮޓޯ: އެމްއެންޑީއެފް
ތ. ވިލިފުށީ ފަޅުތެރޭގައި އޮތް ތެޔޮބޯޓެއްގައި އަލިފާން ރޯވެ އަދަން ފަށައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ތ.ވިލިފުށީ ފަޅުތެރޭގައި އޮތް ތެޔޮބޯޓެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 09:41 ގައި ލިބިފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ފަޔަރ ކޮމްޕޯނަންޓްގެ ސިފައިން ދަނީ މިވަގުތު އަލިފާން ނިއްވުމުގައި ޙަރަކާތްތެރިވަމުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި އެރަށުގެ ރައްޔިތުންގެ އެހީތެރިކަން ލިބެމުންދާއިރު، ބޯޓު ވަނީ ބޭނުންނުކުރެވޭވަރަށް އަދާފައެވެ.
 
                 
                             
                                         
                 
                 
                                             
                                            