Ads by Stelco

ޚަބަރު

ކޮޅުފުށީ ސްކޫލު ދަރިވަރުންނަށް ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންގޮސްފި

ކޮޅުފުށީ ސްކޫލު ދަރިވަރުންނަށް ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންގޮސްފި

ރިސާލަތު ޕްރޮގުރާމްގެ ތެރެއިން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

01 ޖުލައި 2025، 11:18

މ. ކޮޅުފުށީ ސްކޫލު ދަރިވަރުންނަށް ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމަކީ، ދީނީ ޞައްޙަ މަޢުލޫމާތު ފެތުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސްކޫލުގެ ދަރިވަރުންނަށް ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންގޮސް ނިންމާލާފައިވާއިރު، އެ ދަރިވަރުންނަށް ސެޝަންތައް ނަންގަވައިދެއްވީ އައްޝައިޚް މުޙައްމަދު ޣާލިބު ޝާހިދު ކަމަށެވެ. މީގެ އިތުރުން، މި ވުޒާރާއިން އަންނަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރިސާލަތުގެ ދަށުން ތަފާތު އެކި ޕްރޮގުރާމުތައް ކުރިއަށް ގެންދަމުންނެވެ.

އެ ވުޒާރާއިން ވަނީ މީގެ ކުރިން ވެސް ރިސާލާތު ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި، މިއަހަރު މުޅިން އަލަށްފެށި ނަމާދު ޕްރޮގުރާމު ވެސް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS