Ads by Stelco

ޚަބަރު

އައްޑޫސިޓީގައި އަރިދަފުސް ރޯގާއާއި އިންފުލުއެންޒާ ފެތުރޭތީ ސަމާލުވާން އޭއީއެޗް އިން އިލްތިމާސްކޮށްފި

އައްޑޫސިޓީގައި އަރިދަފުސް ރޯގާއާއި އިންފުލުއެންޒާ ފެތުރޭތީ ސަމާލުވާން އޭއީއެޗް އިން އިލްތިމާސްކޮށްފި

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް/ފޮޓޯ: ރާއްޖެ އެމްވީ

01 ޖުލައި 2025، 12:56

އައްޑޫސިޓީގައި އަރިދަފުސް ރޯގާއާއި އިންފުލުއެންޒާ ފެތުރޭތީ ސަމާލުވާން އޭއީއެޗް އިން އިލްތިމާސްކޮށްފި އެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ވިދާޅުވީ،  އައްޑޫސިޓީގައި އަރިދަފުސް ރޯގާއާއި އިންފުލުއެންޒާ ފެތުރެމުންދާކަމަށް އެ ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އަދި މިފަދަ ބަލިތައް ފެތުރެމުންދާތީ ހުރިހާ އެންމެން ވެސް ސަމާލުވާން އިލްތިމާސް ކުރައްވާކަމަށް އެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

އެ ހޮސްޕިޓަލުން ވަނީ އަރިދަފުސް ރޯގާއާއި އިންފުލުއެންޒާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ވެސް ހިއްސާކުރައްވާފައެވެ. އެގޮތުން:

  • ކެއްސާ، ކިނބިހި އަޅާއިރު، އަނގަމައްޗާއި ނޭފަތް ނިވާކުރުން.
  • ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން.
  • ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން.
  • ރޯގާޖެހިފައިވާނަމަ ކުޑަކުދިންނާއި ކައިރިނުވެ އެކުދިން އުރާ ނުހެދުން.
  • އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުން.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ، ބަލިވެގެން ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ދުރުވާއިރު ވެސް މާސްކު އަޅައިގެން ވީހާވެސް މަދު މީހުން ދިޔުމަށް އިލްތިމާސްކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS