ދުނިޔެ / ޚަބަރު

ކެނެޑާގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒު ފޮނުއްވައިފި

ކެނެޑާގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒު ފޮނުއްވައިފި

ކެނެޑާގެ ޤައުމީ ދިދަ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޖުލައި 2025، 02:14

01 ޖުލައި 2025، 02:14

 ޤައުމީ ދުވަސް، "ކެނެޑާ ދުވަސް" ފާހަގަކުރުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ އިސްވެރިންނަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. މި ތަހުނިޔާ ރައީސް ފޮނުއްވާފައިވަނީ މީސްމީޑިޔާގައި ހިއްސާކުރެއްވި ޚާއްސަ ޕޯސްޓެއްގައެވެ.



ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު، އެމަނިކުފާނުގެ ތަހުނިޔާގެ މެސެޖުގައި، ކެނެޑާގެ ގަވަރުނަރ ޖެނެރަލް މަރީ ސިމޮންއަށާއި، އެޤައުމުގެ ބޮޑުވަޒީރު މާކް ކާނޭއަށާއި، ކެނެޑާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަނީ ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.

އެމަނިކުފާނު ވަނީ، ރާއްޖެއާއި ކެނެޑާއިން ސިޔާސީ ގޮތުން ގުޅުން ޤާއިމުކުރިތާ 40 އަހަރު ވެފައިވާއިރު، ދެ ޤައުމުގެ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމުގެ ޝަޢުގުވެރިކަން ރައީސް މުޢިއްޒު ވަނީ ފާޅުކުރައްވާފައެވެ.


ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 1 ވަނަ ދުވަހަކީ، "ކެނެޑާ ދުވަސް" ގެ ނަމުގައި ކެނެޑާގެ ޤައުމީ ދުވަސް ފާހަގަކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ 1867 ވަނަ އަހަރު، މިހާރު ކެނެޑާ އުފެދިފައިވާ ސަރަހައްދުގައި އޭރު އޮތް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތް 3 ޕްރޮވިންސެއް އެއް ޕްރޮވިންސަކަށް ބަދަލުވި ދުވަހާ ގުޅުވައިގެންނެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS