Ads by Stelco

ޚަބަރު

ޤުރުއާނާއި ބެހޭ މަރުކަޒަކާއި އިސްލާމިކް ސެންޓަރެއްގެ އިތުރުން އަތޮޅުތެރޭ 13 މިސްކިތެއް މިއަހަރުގެ ތެރޭގައި ހުޅުވަނީ

ޤުރުއާނާއި ބެހޭ މަރުކަޒަކާއި އިސްލާމިކް ސެންޓަރެއްގެ އިތުރުން އަތޮޅުތެރޭ 13 މިސްކިތެއް މިއަހަރުގެ ތެރޭގައި ހުޅުވަނީ

އިސްލާ މަރުކަރު ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޖުލައި 2025، 03:28

01 ޖުލައި 2025، 03:28

އަތޮޅުތެރޭގައި ތަރައްޤީކުރަމުން އަންނަ 13 މިސްކިތެއް މިއަހަރުގެ ތެރޭގައި ހުޅުވާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު ވަނީ ހާމަކުރައްވާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމިކް ސެންޓަރުތަކާއި އިތުރު މިސްކިތް ބިނާކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެކެވެ.


އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަހަރު ހުޅުވުމަށް ހަމަޖެހިފައިވާ 13 މިސްކިތުގެ އިތުރުން ޤުރުއާނާއި ބެހޭ މަރުކަޒަކާއި އިސްލާމިކް ސެންޓަރެއްވެސް ހިމެނޭކަމަށެވެ.


މިއަހަރު ހުޅުވުމަށް ނިންމާފައިވާ މިސްކިތްތަކުގެ ތެރެއިން މި މަހުގެ 15 ގައި ހއ. ދިއްދޫ އިސްލާމިކް ސެންޓަރު ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އދ. ދިގުރަށުގެ މިސްކިތާއި ތ. ދިޔަމިގިލި މިސްކިތް މިމަހު 30 ގައި ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ގުރުއާނާއި ބެހޭ މަރުކަޒު އޮގަސްޓް 1 ގައި ހުޅުވާއިރު، އެ ސިޓީގެ މަރަދޫ މިސްކިތް އޮގަސްޓް 15 ގައި ހުޅުވަން ވަނީ ނިންމާފައެވެ. އަދި ނ. މަނަދޫ މިސްކިތްވެސް މި އަހަރު ހުޅުވުމަށް ވަނީ ކަނޑައަޅާފައެވެ.


އަދި ސެޕްޓެމްބަރު 1 ގައި ޅ. ކުރެންދޫ މިސްކިތް އަދި ސެޕްޓެމްބަރު 3 ގައި ފުވައްމުލައް ދޫޑިގަން މިސްކިތް ހުޅުވަން ވަނީ ނިންމާފައެވެ. އަދި ލ. ގަން ތުނޑީ މިސްކިތް ސެޕްޓެމްބަރު 15 ގައި ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ. އަދި އއ. ހިމަންދޫ މިސްކިތް ނޮވެމްބަރު 5 ގައި ހުޅުވުމަށް ނިންމާފައިވާއިރު، ސ. މީދޫ މިސްކިތް ނޮވެމްބަރު 30 ގައި ހުޅުވުމަށް ވަނީ ނިންމާފައެވެ.
އޭގެ އިތުރުން، ތ. ކަނޑޫދޫ މިސްކިތާއި ވަންދޫ މިސްކިތް ޑިސެމްބަރު 31 ގައި ހުޅުވުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އަންނަނީ ތައްޔާރުވަމުންނެވެ.


އަތޮޅުތެރޭގެ އިތުރުން މާލެ ސަރަހައްދުގައި ވެސް އިސްލާމީ މިނިސްޓްރީން ދަނީ މިސްކިތް ބިނާކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަމުންނެވެ. މިގޮތުން އިސްލާމީ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ދެއްވާ އިސްކަން މި މަޝްރޫއުތަކުން ރަމްޒުކޮށްދެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS