Ads by Stelco

ޚަބަރު

ހަތަރު ވައްތަރެއްގެ ކާޑަކުން ބޭރުގެ އެޕްލިކޭޝަންތަކުން އިތުރު ފީ އަކާއި ނުލައި ވިޔަފާރިކުރެވޭނެ

ހަތަރު ވައްތަރެއްގެ ކާޑަކުން ބޭރުގެ އެޕްލިކޭޝަންތަކުން އިތުރު ފީ އަކާއި ނުލައި ވިޔަފާރިކުރެވޭނެ

އޮންލައިން ޝޮޕިންގް، ދިވެހިންހެ ތެރޭގައިވެސް އާދައަކަށްވެފައިވާ ކަމަށް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޖުލައި 2025، 04:47

01 ޖުލައި 2025، 04:47

ހަތަރު ވައްތަރެއްގެ ކާޑަކުން ބޭރުގެ އެޕްލިކޭޝަންތަކުން އިތުރު ފީ އަކާައި ނުލައި ވިޔަފާރިކުރެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ. 

ބީއެމްއެލް އިން މިއަދު އިޢުލާން ކުރި ގޮތުގައި، ބޭންކުގެ ކްރެޑިޓް ކާޑު، ޓްރެވަލް ކާޑު، ޔޫއެސްޑީ ކާޑު އަދި ބިޒްނަސް ޑެބިޓް ކާޑު ބޭނުންކޮށްގެން ބޭރުގެ އޮންލައިން ޝޮޕިންގ ވެބްސައިޓްތަކުން އިތުރު އެއްވެސް ފީއަކާ ނުލައި ވިޔަފާރި ކުރެވޭނެއެވެ.

 ބޭންކުން ވަނީ ޑެބިޓް ކާޑުތަކުން ކުރެވޭ ބޭރުގެ މުޢާމަލާތްތަކުގެ ލިމިޓް ދެގުނައަށް އިތުރުކުރުމަށް ނިންމާފައެވެ. އެގޮތުން، 1 ޖުލައި 2025 އިން ފެށިގެން ކުރިން 250 ޑޮލަރުގެ ލިމިޓް އޮތް ތަން 500 ޑޮލަރަށް ބޮޑުކުރެވޭނެއެވެ.

ބޭންކުން ހާމަކުރި ގޮތުގައި، ބައެއް އޮންލައިން ވެބްސައިޓްތަކުން ގެންނަ މުދަލަށް 30 ޕަސެންޓާ ހަމައަށް ފީ ނެގޭނެއެވެ. މި ފީ ނެގުމުގެ މަޤްޞަދަކީ ޑެބިޓް ކާޑުތަކުން ނަހަމަ ގޮތުގައި ކުރެވޭ ބޭނުންތަކާއި، އަމިއްލަ ފަރުދުންގެ އެކައުންޓްތައް ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުން ކޮންޓްރޯލް ކުރުމެވެ.

ނަމަވެސް، ޓިކެޓް ނެގުމާއި، ހޮޓާ ބުކް ކުރުމާއި، ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުޢާމަލާތް ކުރާއިރު މި ފީ ދައްކާކަށް ނުޖެހޭނެއެވެ. އަދި ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށްވެސް މި ފީ ނުހިނގާނެއެވެ.

ބޭންކުން އިތުރަށް ހާމަކުރި ގޮތުގައި، ރާއްޖެއިން ބޭރުގައި އޭޓީއެމްއިން ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރެވެ. އަދި ފައިސާ ނެގުމުން 10 ޔޫއެސް ޑޮލަރުގެ ޗާޖެއް ނެގޭނެއެވެ. މި ބަދަލުތަކަކީ އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދައިދިނުމަށް ގެނެވުނު ބަދަލުތަކެއް ކަމަށް ބޭންކުން ބުނެފައިވެއެވެ.

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS