ދުނިޔެ

އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން ސަތޭކަ އެތައް ބަލިމީހެއްގެ ފުރާނަޔަށް ނުރައްކާވެއްޖެ

އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން ސަތޭކަ އެތައް ބަލިމީހެއްގެ ފުރާނަޔަށް ނުރައްކާވެއްޖެ

އިޒްރާއިލްގެ ހަމަލާއެއްގައި ޝަހީދުވި މީހެއްގެ ހަށިގަނޑެއް އުފުލަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޖުލައި 2025، 05:14

01 ޖުލައި 2025، 05:14

އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން ސަތޭކަ އެތައް ބަލިމީހެއްގެ ފުރާނަޔަށް ނުރައްކާވެފައިވާކަމަށް ބުނެފިއެވެ.

އަންގާރަ ދުވަހުގެ ފަތިހުން ފެށިގެން ޣައްޒާގައި އިޒްރާއީލްގެ ޙަމަލާތަކުން 44 ފަލަސްތީނުން ޝަހީދުވެފައިވާކަމަށް އަލްޖަޒީރަގައި ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރޭގައި އެހީ ހޯދުމަށް މަޑުކޮށްގެން ތިބި 16 މީހުން ހިމެނެއެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ވަނީ ތެޔޮ ހުސްވުމުގެ ސަބަބުން ހޮސްޕިޓަލްތަކުގައި ތިބި ސަތޭކަ އެތައް ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް އިންޒާރުދީފައެވެ.

ޞިއްޙީ ވަސީލަތްތަކުން ހާމަކުރި ގޮތުގައި، ޣައްޒާ ސިޓީގެ ދެކުނު ހުޅަނގު ސަރަޙައްދުގައި ހުންނަ ނަތްސަރިމް ސަރަޙައްދުގައި އެހީގެ ޓްރަކްތަކަށް މަޑުކޮށްގެން ތިބި މީހުންނަށް އިސްރާއީލީ ސިފައިން އަމާޒުކޮށް ދިން ޙަމަލާއެއްގައި 16 ފަލަސްތީނުން ޝަހީދުވެ، 15 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

ޣައްޒާގެ ކުޑަކުދިންގެ ހޮސްޕިޓަލް އަން-ނަސްރުން ވަނީ ސަތޭކަ އެތައް ކުދިންނަށް މެނިންޖައިޓިސްގެ ބަލި ޖެހިފައިވާކަން ރިޕޯޓުކޮށްފައެވެ. ޞިއްޙީ ދާއިރާގެ ވަސީލަތްތައް ހަލާކުވެ، ދިރިއުޅުމުގެ ޙާލަތު ދަށްވެފައިވާ މިންވަރުން މި ބަލި އިތުރަށް ފެތުރިގެން ހިނގައިދާނެކަމުގެ ބިރު ފާޅުކޮށްފައިވެއެވެ.

ޝިފާ މެޑިކަލް ކޮމްޕްލެކްސްއިން ވަނީ ތެޔޮ ހުސްވުމުގެ ސަބަބުން ޑައިލިސިސްގެ ޚިދުމަތް ހުއްޓާލަން ޖެހިފައިވާކަން އިޢުލާނުކޮށްފައެވެ. އަދި އިންޓެންސިވް ކެއަރގެ ޚިދުމަތްވެސް މަދު ގަޑިއިރުތަކަކަށް މެނުވީ ނުދެވޭނެކަމަށް ބުނެފައިވެއެވެ. ހޮސްޕިޓަލްގެ ޑިރެކްޓަރު ޑރ. މުޙައްމަދު އަބޫ ސަލްމިއްޔާ ވިދާޅުވި ގޮތުގައި 350 ބަލިމީހުންގެ ފުރާނައަށް މިހާރު ނުރައްކާވެފައިވާކަަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS