Ads by Stelco

ޚަބަރު

ގުޅީފަޅުން ދޫކުރި ގޯތިތަކުގެ ތަން ބަދަލުވުމާއި ގުޅިގެން އައު ރެޖިސްޓްރީ ދޫކުރަން ހުޅުވާލައިފި

ގުޅީފަޅުން ދޫކުރި ގޯތިތަކުގެ ތަން ބަދަލުވުމާއި ގުޅިގެން އައު ރެޖިސްޓްރީ ދޫކުރަން ހުޅުވާލައިފި

ގުޅީފަޅުން ހިއްކާފައިވާ ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޖުލައި 2025، 07:28

01 ޖުލައި 2025، 07:28

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުވެ، ގޯތި ދިންތަން ބަދަލުވުމާ ގުޅިގެން އައު އެއްބަސްވުމާއި ރަޖިސްޓްރީއާ ހަވާލުވުމަށް އެޕޮއިންޓްމެންޓަށް އެދުމުގެ ފުރުޞަތު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ވަނީ ހުޅުވާލައިފައެވެ.

އިމާރާތްކުރުމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އަދި "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ދޫކުރަން ފަށާނެއެވެ. އެޕޮއިންޓްމެންޓަށް އެދެންވާނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ދެއްވަމުން، އެ ވުޒާރާއިން ވިދާޅުވީ އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 5 މިނެޓު ފަހުން ޙާޟިރުވާ ފަރާތްތަކާއި، ލިޔެކިޔުންތައް ފުރިހަމައަށް ހުށަނާޅާ ފަރާތްތަކުގެ އެޕޮއިންޓްމެންޓް އެ ދުވަހަކަށް ކެންސަލްވާނެ ކަމަށެވެ. އެޕޮއިންޓްމެންޓް ހަމަޖެހުމުން، ދުވަހާއި ގަޑިއާއި ތަން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަންގާނެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު އައު ލޭންޑް ޔޫސް ޕްލޭނާ ގުޅިގެން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގޯތި ލިބޭ ތަން ކަނޑައެޅުމަށް އަލުން ނިންމާފައިވާ ކަމެވެ. އޭގެ ސަބަބުން ކުރިން އެކުލަވާލާފައިވާ ގޯތީގެ އެއްބަސްވުންތައް ވަނީ އުވާލާފައެވެ.

މި ސަރުކާރުން ފާހަގަކޮށްފައިވާ ގޮތުގައި، ކުރީގެ ސަރުކާރުން އެކުލަވާލި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައި އޮތީ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް ބޭނުންވާ އެކަށީގެންވާ ޖާގަ ނެތި، އަދި ނުހިންކާ އޮތް ސަރަޙައްދުތަކުންވެސް ގޯތި ކުރަހާފައިވެއެވެ. މިހާތަނަށް ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ތިން ފަހަރެއްގެ މަތިން ބަދަލު ގެނެސްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS