ދުނިޔެ

ޔޫރަޕްގައި ހޫނުގަދަވެ، ޞިއްޙީ މައްސަލަތައް އިތުރުވެދާނެ ކަމުގެ އިންޒާރު ދޭން ފަށައިފި

ޔޫރަޕްގައި ހޫނުގަދަވެ، ޞިއްޙީ މައްސަލަތައް އިތުރުވެދާނެ ކަމުގެ އިންޒާރު ދޭން ފަށައިފި

ފްރާންސް ގައި ހޫނުގަދަވެ ހޭންޑް ފޭންސް ބޭނުންކުރުން ގިނަވެފައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޖުލައި 2025، 08:31

01 ޖުލައި 2025، 08:31

ޔޫރަޕްގެ އައިބީރިއަން ޕެނިންސުލާއިން ފެށިގެން އުތުރަށް ހޫނުގަދަވަމުންދާތީ ޞިއްޙީ މައްސަލަތައް އިތުރުވެދާނެ ކަމުގެ އިންޒާރުދޭން ފަށައިފިއެވެ.

ހޫނުގަދަވަމުންދާތީ ފްރާންސްގެ ހާހަކަށް ސްކޫލްތައް ބަންދުކުރަން ޖެހިފައިވާކަމަށް ރިޕޯޓު ތަކުން ބުނެއެވެ.

ސްޕެއިންގެ މޫސުމާބެހޭ އިދާރާ އެމެޓްއިން ބުނާ ގޮތުގައި މެޑިޓަރޭނިއަން ކަނޑުގެ ހޫނުމިން މި މޫސުމުގައި އާންމުކޮށް ހުންނަ މިންވަރަށްވުރެ 6 ޑިގްރީ ސެލްސިއަސް އިތުރުވެފައިވެއެވެ. އަދި ބެލެއަރިކް ކަނޑުގައި ރެކޯޑު އަދަދެއްގެ ގޮތުގައި 30 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން އަރާފައިވެއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ކޮޕަނިކަސް ކްލައިމެޓް ޗޭންޖް ސަރވިސްއިން ފާހަގަކުރާ ގޮތުގައި ޔޫރަޕަކީ ދުނިޔޭގައި އެންމެ ހަލުވިކޮށް ހޫނުވަމުންދާ ބައްރެވެ. މި ބައްރުގައި ހޫނުވަމުންދާ މިންވަރަކީ ދުނިޔޭގެ އެވްރެޖް މިންވަރުގެ ދެ ގުނައެވެ.

ފްރާންސްގެ މޫސުމާބެހޭ އިދާރާ މެޓެއޯ-ފްރާންސްއިން ބުނާ ގޮތުގައި އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ހޫނުމިން 40-41 ޑިގްރީ ސެލްސިއަސްއަށް އަރާނެއެވެ. މީގެ ސަބަބުން 1،350 އަށްވުރެ ގިނަ ސްކޫލް މުޅިން ނުވަތަ ބައެއް ވަގުތުތަކުގައި ބަންދުކުރަން ޖެހިފައިވެއެވެ. އަދި އައިފަލް ޓަވަރުގެ އެންމެ މަތީ ބުރި އަންގާރަ އަދި ބުދަ ދުވަހު ބަންދުކުރުމަށް ނިންމާފައިވެއެވެ.

މި ހޫނު މޫސުމުގެ ސަބަބުން ދަނޑުތަކުގައި އަލިފާން ރޯވުމުގެ ނުރައްކާވެސް އިތުރުވެފައިވެއެވެ. ޔޫރަޕިއަން ޔޫނިއަންގެ އެންމެ ބޮޑު ހަނދާނު އުފައްދާ ޤައުމު ކަމުގައިވާ ފްރާންސްގެ ދަނޑުވެރިން، މެންދުރުފަހުގެ ހޫނު ގަދަ ވަގުތުތަކުގައި މަސައްކަތް ނުކުރުމަށްޓަކައި ރޭގަނޑު ވަގުތުތަކުގައި މަސައްކަތްކުރަމުންދެއެވެ. އިންޑްރޭ ސަރަހައްދުގައި މެންދުރުފަހު 2 ގެ ފަހުން 6 އާ ހަމައަށް ދަނޑުގެ މަސައްކަތްތައް ކުރުން މަނާކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS