ކުޅިވަރު

އޭޝިއަން ޔޫތު ޗެމްޕިއަންޝިޕް: ފަހު މެޗުން ބަލިވި ނަމަވެސް ރާއްޖެ ސެމީގައި

އޭޝިއަން ޔޫތު ޗެމްޕިއަންޝިޕް: ފަހު މެޗުން ބަލިވި ނަމަވެސް ރާއްޖެ ސެމީގައި

ރާއްޖެ އާއި ޕާކިސްތާން ބައްދަލުކުރި މެޗު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 ޖުލައި 2025، 06:53

02 ޖުލައި 2025، 06:53

ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ 21 އަހަރުން ދަށުގެ ޤައުމީ ނެޓްބޯޅަ ޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުން ބަލިވި ނަމަވެސް، ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

އިއްޔެ ޕާކިސްތާންއާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެއަށް ގެއްލުނީ 49-39 ޕޮއިންޓުންނެވެ. މިއީ މި މުބާރާތުގައި ރާއްޖޭގެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. މި ނަތީޖާއާއެކު ގްރޫޕްގެ އެއްވަނަ ހޯދީ ވެސް ޕާކިސްތާންއެވެ. 

އޭޝިއަން ނެޓްބޯޅަ ފެޑެރޭޝަންއިން މި މުބާރާތް ކުޅޭ ފޯމެޓަށް ގެނައި ބަދަލާ ގުޅިގެން، ކޮންމެ ޑިވިޝަނެއްގެ ސެމީ ފައިނަލް ކުޅޭނީ، ލީގު ބުރުގައި އެންމެ ގިނަ ޕޮއިންޓު ހޯދާ ހަތަރު ޓީމުގެ މެދުގައެވެ. އެހެންކަމުން ރާއްޖެ ހިމެނޭ ޕްލޭޓް ކަޕް ޑިވިޝަނުން (ދެވަނަ ޑިވިޝަން) ސެމީއަށް ދިޔައީ ރާއްޖެ އާއި ޕާކިސްތާނުގެ އިތުރުން ޗައިނީސް ޓައިޕޭއީ އަދި ޖަޕާންއެވެ.

އައު ފޯމެޓު ބުނާ ގޮތުން ސެމީގައި ބައްދަލުކުރާނީ ގްރޫޕްގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު އަދި ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. އެހެންކަމުން ސެމީގައި ރާއްޖެ ކުޅޭނީ ޗައިނީސް ޓައިޕޭއީއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 3 ގައެވެ.

ރާއްޖޭގެ ޓީމުން ގްރޫޕް ސްޓޭޖުގެ މެޗުތައް ކާމިޔާބުކުރީ ތަފާތު ބޮޑު ނަތީޖާތަކަކުންނެވެ.

  • ފުރަތަމަ މެޗު: ދިވެހިރާއްޖެ 51-26 ޗައިނީސް ޓައިޕޭއި
  • ދެވަނަ މެޗު: ދިވެހިރާއްޖެ 59-32 ޖަޕާން
  • ތިންވަނަ މެޗު: ދިވެހިރާއްޖެ 73-20 ސައޫދީ އަރަބިއްޔާ
  • ހަތަރުވަނަ މެޗު: ދިވެހިރާއްޖެ 129-03 ސައުތު ކޮރެއާ
  • ފަސްވަނަ މެޗު: ދިވެހިރާއްޖެ 39-49 ޕާކިސްތާން

ގްރޫޕް ސްޓޭޖުގައި އެންމެ ތަފާތު ބޮޑުކޮށް ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ މުބާރާތް ބާއްވާ ޤައުމު، ސައުތު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 126 ޕޮއިންޓުގެ ފަރަގަކުންނެވެ. 

މި މުބާރާތުގެ ގޯލްޑް ކަޕް ޑިވިޝަން (ފުރަތަމަ ޑިވިޝަން) ގައި ވާދަކުރަނީ މެލޭޝިއާ، ސިންގަޕޫރު، ސްރީލަންކާ، ހޮންކޮންގު އަދި އިންޑިއާއެވެ.

އަދި ޕްލޭޓް ކަޕް ޑިވިޝަންގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން ޕާކިސްތާން، ޗައިނީސް ޓައިޕޭ، ސައުތު ކޮރެއާ، ޖަޕާން އަދި ސައޫދީ ޢަރަބިއްޔާއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS