Ads by Stelco

ޚަބަރު

ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމުގެ ފުރުޞަތު ހުޅުވާލައިފި

ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމުގެ ފުރުޞަތު ހުޅުވާލައިފި

ދުންފަތުގެ ބާވަތް/ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

02 ޖުލައި 2025، 10:26

ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ނެރުއްވި އިޢުލާނެއްގައި ވިދާޅުވީ، ދުންފަތުގެ ބާވަތްތައް އިމްޕޯޓުކުރުމަށާއި، ރީ-އެކްސްޕޯޓު ކުރުމަށާއި އަދި ރާއްޖޭގައި ވިއްކުމަށް ކަނޑައަޅުއްވާފައިވާ ޤާނޫނާއި، ދުންފަތް ކޮންޓްރޯލް ކުރުމާއި ގުޅޭ ޢާންމު ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދުންފަތުގެ ވިޔަފާރިކުރުމަށް ވަކި ޚާއްޞަ ލައިސަންސެއް ނަގަންޖެހޭ ކަމަށެވެ.

ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ބޭނުންވާ ފަރާތްތަކުން ނަގަންޖެހޭ ލައިސަންސް ހޯދުމުގެ ފުރުޞަތު ވަންގަވް ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައިވާކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން، މިއަހަރުގެ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިހިނގާ ޖުލައި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މި ހުއްދައަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ. 

އެޗްޕީއޭ އިން އިތުރަށް ވިދާޅުވީ، މި ތާރީޚަށްފަހު މިކަމަށް ޚާއްޞަ ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަކީ ޤާނޫނީގޮތުން މަނާކަމެއް ކަމަށެވެ. އަދި މިފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS