Ads by Stelco

ޚަބަރު

އއ. އުކުޅަހުން މަހަށް ގޮސް އުޅުނު ޒުވާނުންތަކަކަށް 15 ކިލޯގެ "މާވަހަރެއް" ފެނިއްޖެ

އއ. އުކުޅަހުން މަހަށް ގޮސް އުޅުނު ޒުވާނުންތަކަކަށް 15 ކިލޯގެ "މާވަހަރެއް" ފެނިއްޖެ

ހޮވި މާވަހަރު/ފޮޓޯ: ސޯޝަލް މީޑިއާ

02 ޖުލައި 2025، 12:44

އއ. އުކުޅަހުން މަހަށް ގޮސް އުޅުނު ޒުވާނުންތަކަކަށް 15 ކިލޯގެ "މާވަހަރެއް" ފެނިއްޖެއެވެ.

އެ މާވަހަރު ފެނިފައިވަނީ އިއްޔެ ހަވީރު 17:30 ހާއިރު ރަހުމަތްތެރިންތަކަކާއެކު ޑިންގީއެއްގައި ސްޕޯޓްސް ފިޝިންއަށް ގޮސް އުޅެނިކޮށް ކަމަށް އެތަނުގައި ހުރި މީހެއްކަމަށްވާ އަލީ ޝަހީމް ބުންޏެވެ. އޭނާ ބުނި ގޮތުގައި، އޭނާއާއެކު މަހަށް ގޮސްފައިވަނީ ތިން މީހުންނެވެ. އޭނާ ބުނި ގޮތުގައި، މާވަހަރު ފެނިފައިވަނީ އއ. ތޮއްޑޫ އާއި ކުރަމަތި އާ ދެމެދުގެ ހިސާބަކުން ކަންނެލި ބާނަން ވެގެން ދޮށި އެއްލައިގެން ތިއްބާ ކަމަށެވެ.

ޝަހީމް ބުނި ގޮތުގައި އެ މާވަހަރު އެންމެ ފުރަތަމަ ފެނުނީ އޭނާގެ ރަހްމަތްތެރިއަކަށެވެ. އަދި އޭރު އޭތި އޮތީ ލޯންޗާ 10 ވަރަކަށް ފޫޓު ކައިރީގައި ކަމަށާއި، އެ ނެގިއިރުގައި ވަރަށް ނުބައި ބަސް ދުވިކަމަށް އޭނާ ބުންޏެވެ. ނަމަވެސް، ފަހުން އޭގެ ވަސް ރަނގަޅުވި ކަމަށާއި މާވަހަރު މިހާރު އޮތީ ގޭގައި ލޮނު ފެނަށް ލާފައިކަމަށް އޭނާ ބުންޏެވެ.  މީގެ އިތުރުން، މާވަހަރުގައި ގާތްގަނޑަކަށް 15 ކިލޯ ހުރި ކަމަށާއި އޭތި ރަނގަޅަށް ޓެސްޓްކުރުމަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވަނީ ބުނެފައެވެ.

ޝަހީމް އިތުރަށް ބުނެފައިވަނީ، އެއީ ހުދަންބަރެއް ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS