ވިޔަފާރި / ޚަބަރު

މޯލްޑިވްސް ޕޯސްޓުން ޚިދުމަތްދޭ ގަޑިތައް އިތުރުކޮށް، ކަސްޓަމަރުންނަށް ފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކޮށްފި

މޯލްޑިވްސް ޕޯސްޓުން ޚިދުމަތްދޭ ގަޑިތައް އިތުރުކޮށް، ކަސްޓަމަރުންނަށް ފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކޮށްފި

މޯލްޑިވްސް ޕޯސްޓު ފޮޓޯ:ސަން އޮންލައިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ޖުލައި 2025، 02:51

02 ޖުލައި 2025، 02:51

މޯލްޑިވްސް ޕޯސްޓުން މާލެ އަދި ހުޅުމާލޭގައި ހުރި ބައެއް ސެންޓަރުތަކުގެ ޚިދުމަތްދޭ ގަޑިތަކަށް ފާހަގަކޮށްލެވޭ ބަދަލުތަކެއް ގެނެސްފައިވެއެވެ. މި ބަދަލުތަކުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުންނަށް ޕެކޭޖުތައް އަވަހަށް އަދި ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.


މި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:

މާލޭގެ މައި ޕޯސްޓް ބިލްޑިންގ:

  • މައި އޮފީހުގެ އިންފޮމޭޝަން އަދި ޕެކޭޖް ނެގުމުގެ ޚިދުމަތް: 9:00 އިން 23:00 އަށް
  • ހުކުރު ދުވަހު: 15:00 އިން 22:00 އަށް
  • ހޮނިހިރު ދުވަހު: 10:00 އިން 23:00 އަށް
  • ފުރަތަމަ ފަންގިފިލާގެ އެ އިތުރު ޚިދުމަތްތައް: ހެނދުނު 9:00 އިން މެންދުރުފަހު 3:30 އަށް (ހޮނިހިރު ދުވަހު 10:00 އިން 3:30 އަށް)

ހުޅުމާލޭ ޕޯސްޓް އޮފީސް (ޓީކް ބިލްޑިންގ):

  • ބަންދުނޫން ދުވަސްތަކުގައި: ހެނދުނު 9:00 އިން ރޭގަނޑު 23:00 އަށް
  • ހުކުރު ދުވަހު: ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް
  • ހޮނިހިރު ދުވަހު: މެންދުރުފަހު 15:00 އިން 23:00 އަށް


ވެލާނާގެ ޕޯސްޓް ކައުންޓަރު:

  • ބަންދުނޫން ދުވަސްތަކުގައި: ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށް


ޕިކްޕޯސްޓް (PikPost) ސްޓޭޝަންތައް:

  • ހަފްތާގެ ހުރިހާ ދުވަހެއްގައި 24 ގަޑިއިރު ހުޅުވިފައި


މި ބަދަލުތަކާއެކު، މޯލްޑިވްސް ޕޯސްޓުން އުންމީދުކުރަނީ ކަސްޓަމަރުންނަށް ދިމާވާ ދަތިތައް ކުޑަވެ، ޕެކޭޖްތައް ނެގުމަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށެވެ. އިތުރު ބަދަލުތަކެއް ގެނެވިއްޖެނަމަ، އެ ކުންފުނީގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތަކުންނާއި ވެބްސައިޓުން އެންމެ ފަހުގެ މަޢުލޫމާތު ލިބެން ހުންނާނެ ކަމަށް ވެސް އަންގާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS