ދުނިޔެ

އިންޑިއާގެ ދުވަސްވީ ކޮލްހާޕޫރީ ޗައްޕަލްގެ ޑިޒައިން ޕްރާޑާއިން ކޮޕީކުރިކަމަށް ބުނެ ހޫނު ބަހުސެއް

އިންޑިއާގެ ދުވަސްވީ ކޮލްހާޕޫރީ ޗައްޕަލްގެ ޑިޒައިން ޕްރާޑާއިން ކޮޕީކުރިކަމަށް ބުނެ ހޫނު ބަހުސެއް

އިންޑިއާގެ ދުވަސްވީ ކޮލްހާޕޫރީ ޗައްޕަލްގެ "ޕްރާޑާ" ގެ އުފެއްދުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ޖުލައި 2025، 03:53

02 ޖުލައި 2025، 03:53

މިލާން ފެޝަން ވީކްގައި މިދިޔަ ހަފްތާގައި ދައްކާލި އިޓަލީގެ މަޝްހޫރު ފެޝަން ބްރޭންޑް ޕްރާޑާގެ ފައިވާންތަކަކާ ގުޅިގެން އިންޑިއާގައި ބޮޑު ހޫނު ބަހުސެއް ހިނގައިފިއެވެ. މި ފައިވާންތައް ހުށަހެޅީ އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓްގެ އަހަރުތަކެއްގެ ތާރީޚީ މުއްސަނދިކަން ހިމެނޭ "ކޮލްހާޕޫރީ ޗަޕަލްސް" (ސަންޑަލް) އާ ވަރަށް އެއްގޮތްކަމުންނެވެ.

މިދިޔަ ހަފްތާގައި މިލާން ފެޝަން ވީކްގައި މޮޑެލްތައް ޕްރާޑާގެ އައު އޯޕަން-ޓޯ ލެދަރު ސަންޑަލްތައް ދައްކާލިއިރު، އެމެރިކާގެ މަހާރާޝްތުރާ ސްޓޭޓްގެ ހުދޫދުގައި ހުންނަ ކުޑަ ރަށެއްގައި ހުރެ، 7،000 ކިލޯމީޓަރު (4،350 މޭލު) ދުރުން ހަރީޝް ކުރާޑޭ ވަނީ އޭނާގެ ސްމާޓްފޯނުން އެ މަންޒަރުތައް ބަލާލާފައެވެ.

ޕްރާޑާއިން އިންޑިއާގެ މި ފައިވާނުގެ އަސްލު ފެށިފައިވާ ތަނަށް ކްރެޑިޓް ނުދިނުމުން، އެތަނުގެ ފައިވާން ހަދާ ފަރާތްތަކާއި ސިޔާސީ ލީޑަރުން ވަނީ މިކަމާ ގުޅިގެން ބޮޑު ހޫނު ބަހުސެއް ފަށާފައެވެ. "އެމީހުން [ޕްރާޑާ] އަޅުގަނޑުމެންގެ މަސައްކަތް ވަގަށް ނަގައި، ނަކަލުކޮށްފި ، އަޅުގަނޑުމެން ވަރަށް އުފާވެއްޖެ،" ހަރީޝް ކުރާޑޭ ބުނެފައިވެއެވެ. "މިއަދު ދުނިޔޭގެ ނަޒަރު ވަނީ އަޅުގަނޑުމެންގެ ކޮލްހާޕޫރީ ޗަޕަލްސް އަށް ހުއްޓިފައި." ކޮލްހާޕޫރު އަކީ މަހާރާޝްތުރާގައި އޮންނަ ސިޓީއެކެވެ. މި ސިޓީއަށް ނިސްބަތްކޮށް މި ފައިވާނަށް ނަންދެވިފައިވެއެވެ.

ޕްރާޑާއަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވުމުން، އެ ކުންފުނިން މަހާރާޝްތުރާ ޗެމްބަރ އޮފް ކޮމާސްއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ އައު ސަންޑަލް ޑިޒައިންތަކަށް އިންޑިއާގެ ރައްޔިތުންގެ އަތުން ހަދާފައިވާ ފައިވާންތަކުން އިލްހާމް ލިބިފައިވާ ކަމަށާއި، މި ފައިވާންތަކަށް ގަރުނުތަކުގެ ތާރީޚީ މުއްސަނދިކަން ލިބިފައިވާ ކަމަށެވެ.

ކުރާޑޭ އޭނާގެ ރަށުގެ ގަރުނުތަކުގެ ތާރީޚީ ފައިވާން ހެދުމުގެ ފަންނު ދުނިޔެއަށް ފުޅާވެދާނެތީ އެކަމަށް އުފާކުރި ނަމަވެސް، އެހެނިހެން ފައިވާން ހަދާ ފަރާތްތަކާއި، ސިޔާސީ ލީޑަރުންނާއި، އެކްޓިވިސްޓުން ދަނީ ޕްރާޑާއިން ސަގާފީ ހައްގުތަކަށް އަރައިގަނެ، މާލީ ގޮތުން ފައިދާ ނެގުމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޕްރާޑާއިން ވަނީ މިލާން ފެޝަން ވީކް 2026 ގެ ސްޕްރިންގް/ސަމަރ ފިރިހެން ކަލެކްޝަންގައި ކްލާސިކް ޓީ-ސްޓްރެޕްޑް ލެދަރު ފްލެޓްސް ދައްކާލާފައެވެ. އެ ކުންފުނިން ދައްކާލި ނޯޓްތަކުގައި، އެ އައު ފައިވާން ސިފަކޮށްފައިވަނީ ހަމައެކަނި "ލެދަރ ސަންޑަލް" ގޮތުގައެވެ.

 އިންޑިއާގެ ކޮލްހާޕޫރީ ސަންޑަލްސް އާ ވަރަށް އެއްގޮތްކަން ހުރި ނަމަވެސް، އިންޑިއާއާ ގުޅުމެއްވާ ކަމަށް އެ ނޯޓްތަކުގައި ބުނެފައިނުވެއެވެ. ކޮލްހާޕޫރީ ސަންޑަލްސް އަކީ އިންޑިއާގައި ވަރަށް މަޝްހޫރު ފައިވާނެކެވެ. ހާއްސަ މުނާސަބަތުތަކުގައި، ކައިވެނިތަކާއި ފެސްޓިވަލްތަކުގައި، އިންޑިއާގެ ސަގާފީ ހެދުންތަކާއެކު އެ ފައިވާން ބޭނުންކުރެވެއެވެ.

މިކަމާ ހިތްހަމަނުޖެހި، ކޮލްހާޕޫރީ ސަންޑަލް އުފައްދާ ފަރާތްތަކުން އެކުލެވޭ ވަފުދެއް ވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު މަހާރާޝްތުރާގެ މުހިއްމު ވެރިއެއް ކަމަށްވާ ދޭވެންދުރާ ފަޑްނަވިސްއާ ބައްދަލުކޮށް، އެމީހުންގެ ނުރުހުން ފާޅުކޮށްފައެވެ.

ކޮލްހާޕޫރު ދާއިރާގެ ޕާލަމެންޓް މެންބަރު، ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ނިސްބަތްވާ ދަނަންޖޭ މަހާދިކް ވަނީ މި ވަފުދަށް ތާއީދުކޮށްފައެވެ. މަހާދިކް ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ފައިވާން އުފައްދާ ފަރާތްތަކާއި އެމީހުންނަށް ތާއީދުކުރާ ފަރާތްތަކުން ޕްރާޑާއާ ދެކޮޅަށް ބޮމްބޭ ހައިކޯޓަށް ދައުވާއެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަހާދިކް ވަނީ ފަޑްނަވިސްއަށް ސިޓީއެއްވެސް ފޮނުވާފައެވެ. މި ސިޓީގައި މަހާރާޝްތުރާގެ ސަގާފީ ތަރިކަތަކަށް އަރައިގަތުމާއި، ފަންނުވެރިންގެ ހައްގުތަކަށް ބޮޑު ނުފޫޒެއް ފޯރާ ކަމަށް ބުނެ، މަހާރާޝްތުރާގެ ސަގާފީ މުދާ ހިމާޔަތް ކުރުމަށް ގޮވާލާފައެވެ.
އޭނާގެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި ޕްރާޑާގެ ފައިވާނުގެ އަގު ގާތްގަނޑަކަށް 1,400 އެމެރިކާ ޑޮލަރެވެ. އެހެން ނަމަވެސް، އަސްލު ކޮލްހާޕޫރީ ފައިވާންތައް 12 އެމެރިކާ ޑޮލަރަށް ގަންނަން ލިބެއެވެ.


މަހާރާޝްތުރާ ޗެމްބަރ އޮފް ކޮމާސް، އިންޑަސްޓްރީ އެންޑް އެގްރިކަލްޗަރ (މެކިއާ) އިން ވެސް ޕްރާޑާގެ ބޯޑު އޮފް ޑިރެކްޓަރުންގެ ޗެއަރޕާސަން ޕެޓްރިޒިއޯ ބަރޓެލީއަށް ފައިވާން އުފައްދާ ފަރާތްތަކުގެ ކަންބޮޑުވުންތައް ފާޅުކޮށް ސިޓީއެއް ފޮނުވާފައެވެ.
ދެ ދުވަސް ފަހުން، ޕްރާޑާ ކުންފުނިން ރައްދު ދެމުން ބުނެފައިވަނީ، އެ ޑިޒައިންއަކީ ގަރުނުތަކުގެ ތާރީޚީ އިންޑިއާ ފައިވާނުން އިލްހާމް ލިބިގެން ހަދާފައިވާ ޑިޒައިނެއް ކަމަށް އެ ކުންފުނިން ގަބޫލުކުރާ ކަމަށެވެ. އިންޑިއާގެ މި ފަދަ އަތުން ހަދާ މަސައްކަތްތަކުގެ ސަގާފީ މުހިއްމުކަން އެމީހުން ވަރަށް ބޮޑަށް ގަބޫލުކުރާ ކަމަށާއި މިވަގުތު، މި ކަލެކްޝަން ހުރީ ޑިޒައިން ތައްޔާރުކުރުމުގެ ކުރީކޮޅުގައި ކަމަށެވެ. އަދި މި ފައިވާންތައް އުފައްދައި، ވިއްކުމަށް އަދި ނިންމާފައި ނުވާކަމަށް ޕްރާޑާ ބުނެފައިވެއެވެ.

އެ ކުންފުނިން އިތުރަށް ބުނެފައިވަނީ،ޒިންމާދާރު ފަރުމާކުރމުގެ އުސޫލުތަކުގައި  ދެމިތިބޭނެކަމަށެވެ. ސަގާފީ ގުޅުންތައް ބަދަހިކޮށް، އިންޑިއާގެ ފަންނުވެރިންނާ މާނަވީ ގޮތެއްގައި މަޝްވަރާކުރުމަށް ދޮރު ހުޅުވާލާނެކަމަށެވެ.އަދި އެމީހުން ކުރިންވެސް މިފަދަ ކަންކަން އެހެން ކަލެކްޝަންތަކުގައި ކޮށްފައިވާނެކަމަށާއި އެއީ އެހެންމީހުންގެ ފަންނަށް މަޤްބޫލުކަން ހޯދައިދިނުމަށް ޕްރާޑާއިން ކުރާ މަސައްކަތްކަމަށެވެ. މިފަދަ ޚާއްސަ ފަންނުވެރިންނަށް ހުރުމަތްތެރިކޮށް ހިތައި، އެމީހުންގެ ފަންނާއި ތާރީޚީ މުއްސަނދިކަމުގެ އަގު ދެނެގަތުމަށް ބޭނުންވާކަމަށް ޕްރާޑާއިން ބުނެފައިވެއެވެ.

ހައިދަރުއާބާދު ސިޓީގެ ފެޝަން ދާއިރާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޝްރިހިތާ ވަންގޫރީ ވިދާޅުވެފައިވަނީ، ޕްރާޑާގެ މި އަމަލުތަކަކީ "ހިތްދަތިކަމެއް ނަމަވެސް ހައިރާންވާންޖެހޭ ކަމެއް ނޫން" ކަމަށެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS