ދުނިޔެ

ސުވޭޒް ކަނޑުގައި ތެޔޮ ބާޖެއް ފެތިގެން 4 މީހުން މަރުވެ، 4 މީހުން ގެއްލިއްޖެ

ސުވޭޒް ކަނޑުގައި ތެޔޮ ބާޖެއް ފެތިގެން 4 މީހުން މަރުވެ، 4 މީހުން ގެއްލިއްޖެ

ސުވޭޒް ރަތްކަނޑު ބަނދަރު ސިޓީ ކައިރީގައިވާ ސުވޭޒް ކަނޑުބޮޑުގައި 2021 ގައި އޮތް އުޅަނދުފަހަރުގެ ކިޔުގެ މަތިން ނެގިފައިވާ މަންޒަރެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޖުލައި 2025، 04:37

02 ޖުލައި 2025، 04:37

ސުވޭޒް ކަނޑުގައި ތެޔޮ ބާޖެއް ފެތިގެން 4 މީހުން މަރުވެ، 4 މީހުން ގެއްލިއްޖެކަމަށް މިޞްރު ސަރުކާރުން ބުނެފިއެވެ.

 މި ހާދިސާގައި 22 މީހުންނަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށް މިޞްރުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިޞްރުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، "އާދަމް މެރިން 12" ނަމަކަށް ކިޔާ މި ބާޖު ފެތިގެން ދިޔައީ ޖަބަލް އަލް-ޒައިތް ސަރަހައްދުގައި އެހެން ތަނަކަށް ދަނިކޮށެވެ. މި ހާދިސާ ހިނގީ އަންގާރަ ދުވަހުގެ ރޭގައެވެ.

މިޞްރުގެ ހެލްތު މިނިސްޓްރީން ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި، އަނިޔާވި މީހުންގެ ތެރެއިން 4 މީހުން ވައިގެ މަގުން ހޮސްޕިޓަލަށް ގެންދެވުނު އިރު، 18 މީހުން އެމްބިއުލަންސްގައި ގެންދެވުނެވެ.

ޕެޓްރޯލިއަމް އެންޑް މިނަރަލް ރިސޯސަސް މިނިސްޓަރު ކަރީމް ބަދަވީ، ލޭބަރ މިނިސްޓަރު މުހައްމަދު ޖިބްރާން އަދި ރެޑް ސީ ގަވަރުނަރު އަމްރު ހަނަފީއާއެކު ހުރަގާދާގެ އެލް ގޫނާ ހޮސްޕިޓަލުގައި ތިބި އަނިޔާވި މީހުންނާ ބައްދަލުކުރައްވައިފައިވެއެވެ.

ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި މިޞްރުގެ ނޭވީގެ އުޅަނދުފަހަރު ބައިވެރިވެފައިވާ ކަމަށް ގަވަރުނަރު ހަނަފީ ވިދާޅުވިއެވެ. ޖަބަލް އަލް-ޒައިތަކީ ސުވޭޒް ކެނާލުން ދެކުނަށް 300 ކިލޯމީޓަރު ދުރުގައި އޮންނަ، މިޞްރުގެ މުހިންމު ތެޔޮ އުފައްދާ ސަރަހައްދެކެވެ.

 

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS