ދުނިޔެ

ހުޅަނގުއައްސޭރީގައި އިޒްރާއިލުން ގެދޮރު ހަލާކުކުުރުން ހުއްޓާނުލާ ކުރިއަށް، 400 އާއިލާ ގެދޮރުގެއްލޭނެ ކަމުގެ ބިރު

ހުޅަނގުއައްސޭރީގައި އިޒްރާއިލުން ގެދޮރު ހަލާކުކުުރުން ހުއްޓާނުލާ ކުރިއަށް، 400 އާއިލާ ގެދޮރުގެއްލޭނެ ކަމުގެ ބިރު

ހުލަނގު އައްސޭރީގެ ތުލްކަރަމް ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޖުލައި 2025، 05:20

02 ޖުލައި 2025، 05:20

އިޒްރާއީލުން ގަދަކަމުން އަރައިގަނެފައިވާ ހުޅަނގުއައްސޭރީގެ ސަރަޖައްދުގައި ފަލަސްޠީނުގެ ރައްޔިތުންގެ ގެތައް ތަޅައި ސުންނާފަތިކުރުމުގެ ސަބަބުން 400 އާއިލާއެއް ގެދޮރުގެއްލޭނެ ކަމަށް އަލްޖަޒީރާ އިން ބުނެފިއެވެ. 

 މިހާތަނަށްވެސް އެތައް އާއިލާގެ ގެދޮރުގެއްލިފައިވާއިރު ފަލަސްޠީނުގެ ބިމަށް ފައިގަދަކުރުމަށް ތުލްކަރެމް ރެފިއުޖީ ކޭމްޕުގައި ހުރި ފަލަސްޠީނު ރައްޔިތުންގެ ގެތއައް ވައްޓާލުމަށް އިޒްރާއިލުން ވަނީ ނިންމައިފައެވެ. މިނިންމުމާ ގުޅިގެން، އެތަނުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން ވަނީ އެމީހުންގެ މުދާ ސަލާމަތް ކުރުމަށް މަސައްކަތް ފަށާފައެވެ.

އަލްޖަޒީރާ އަރަބިކް ގައި ކޭމްޕުގެ ޕޮޕިއުލަރ ކޮމިޓީގެ އިސްވެރިޔާ އަށް ހަވާލާދީ ބުނެފައިވަނީ 100 އަށްވުރެ ގިނަ ގެ ވައްޓާލުމަށް އިޒްރާއީލުން ނިންމުމާ ގުޅިގެން 400 އާއިލާ ގޭބީސި ނެތި ދާނެއެވެ.

އިޒްރާއީލު ސިފައިން ދީފައިވާ ދެ ގަޑިއިރުގެ މުއްދަތަކީ އާއިލާތަކުން އެމީހުންގެ މުދާ ނެގުމަށް އެކަށީގެންވާ ވަގުތެއް ނޫން ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

ހުޅަނގުއައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުން މިފަދަ ޙާލަތެއްގައި ތިބި އިރު ޣައްޒާގައި ތިބި ފަލަސްޠީނުގެ ރައްޔިތުންގެ ޙާލަތުދަނީ ދުވަހެއް ދުވަހަށް ދަށަށެވެ. 

އެގޮތުން ޣައްޒާގައި ކާބޯތަކެތި ހޯދުމަށް އެހީ ބަހާ މަރުކަޒުތަކުގައި ތިއްބައި ޝަހީދުކޮށްލި ފަލަސްތީން ރައްޔިތުންގެ އަދަދު ފަސް ހަފްތާގެ ތެރޭގައި 600 އަށްވުރެ އިތުރުވެފައިވާ ކަމަށް ވެސް ވަނީ ފާހަގަކުރެވިފައެވެ.

އެމެރިކާ އާއި އިޒްރާއީލުގެ އެހީތެރިކަމާއެކު ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަނުން ހިންގާ ކާބޯތަކެތި ބެހުމުގެ މަރިކަޒުތަކުަގައި މި މަރުތައް ހިނގަމުންދާއިރު، އދ. އިން މި ތަންތަނަށް "މަރުގެ މަރުކަޒު" ގެ ނަން ދީފައިވެއެވެ.

 މީގެއިތުރުން މިއަދު ފަތިހުން ފެށިގެން ޣައްޒާގައި އިޒްރާއީލުން ދިން ހަމަލާތަކުގައި 30 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުވެއްޖެކަމަށް ޣައްޒާގެ ހޮސްޕިޓަލްތަކުން ވަނީ ބުނެފައެވެ.

މި ހަމަލާތަކުގެ ތެރޭގައި، ޚާން ޔޫނިސްގެ ހުޅަނގު ސަރަހައްދު އަލް-މަވާސީގައި ހުރި ހިޖުރަކުރި މީހުން ދިރިއުޅޭ ޓެންޓުތަކަށް ޑްރޯން ހަމަލާއެއް ދިނުމުގެ ސަބަބުން 6 މީހުން ޝަހީދުވެފައިވެއެވެ. މެޑިކަލް ސޯސްތަކުން ބުނާ ގޮތުގައި މި ހަމަލާގައި އިތުރު 10 މީހުން ޒަޚަމްވެފައިވާއިރު، އޭގެ ގިނައީ ކުޑަކުދިންނެވެ.

މީގެއިތުރުން، ޣައްޒާ ސިޓީގެ ތުއްފާހު ސަރަހައްދުގައި ހުރި ގެއަކަށް އިޒްރާއީލުން ދިން އެއަރ ސްޓްރައިކެއްގައި 4 ފަލަސްތީނުން ޝަހީދުވެފައިވާކަމަށް އަލް-އަހްލީ އަރަބް ހޮސްޕިޓަލުން އަލްޖަޒީރާ އަރަބިކްއަށް މައުލޫމާތު ދީފައިވެއެވެ. މި 4 މީހުންގެ ތެރޭގައި 2 ކުޑަކުދިން ހިމެނެއެވެ.

އިޒްރާއީލުގެ މި އަނިޔާވެރި ހަމަލާތައް ދެމުންދަނީ ބައިނަލްއަޤްވާމީ މުޖުތަމައުގެ ފަރާތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ. އަދި މި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އާންމު ރައްޔިތުންނަށް ކުރިމަތިވަމުންދާ ގެއްލުންތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކުން ބުނާ ގޮތުގައި ޣައްޒާގެ އާބާދީގެ ބޮޑު ބައެއް މިހާރު ވަނީ ހިޖުރަކުރަން މަޖުބޫރުވެފައެވެ. އަދި އަސާސީ ޚިދުމަތްތަކާއި، ކާބޯތަކެއްޗާއި، ބޭސްފަރުވާގެ ޚިދުމަތްތައް ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS