ޚަބަރު
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީ
އައްޑޫ ސިޓީ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓް ހިނގައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި އެކްސިޑެންޓު ހިނގީ ކަފިހިހުރަަސް މަތިން މަގުހުރަސް ކުރި މީހެއްގެ ގައިގައި، އެ މަގުން ދުއްވާފައިދިޔަ ސައިކަލަކުން ޖެހިގެންނެވެ. މިރޭ ހިނގި މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 19:24 ގައި ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުން ފަރުވާ ދިނުމަށްޓަކައި ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހޮސްޕިޓަލަށް ހަވާލާދީ ފުލުހުން ބުނެފައިވަނީ އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައެއް ނުވާކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާކަމަށްވެސް ވަނީ ބުނެފައެވެ.
މިއެކްސިޑެންޓް ހިނގި ވަގުތުގެ ވީޑިއޯ ފުޓެޖް އެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ވީޑީއޯއިން ފެންނަގޮތުން މި އެކްސިޑެންޓްގައި އަނިޔާވެފައިވާ އެކަކީ އުމުރުން ދުވަސްވީ މީހަކެވެ.