Ads by Stelco

ޚަބަރު

ޤަވާއިދާ ޚިލާފަށް ބަންދުކޮށްފައި ހުރި ބަންގްލަދޭޝް ރައްޔިތަކު މާލެއިން ސަލާމަތްކޮށްފި

ޤަވާއިދާ ޚިލާފަށް ބަންދުކޮށްފައި ހުރި ބަންގްލަދޭޝް ރައްޔިތަކު މާލެއިން ސަލާމަތްކޮށްފި

ދިވެހި ފުލުހުންގެ ޙިދުމަތް ފޮޓޯ: ފައިނެންޝަލް ރިވިއު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ޖުލައި 2025، 12:22

03 ޖުލައި 2025، 12:22

މާލޭގެ ގޭގެއެއްގެ ތެރޭގައި ޤަވާއިދާ ޚިލާފަށް ބަންދުކޮށްފައި ހުރި ބަންގްލަދޭޝް ފިރިހެނަކު، ފުލުހުން ހިންގި ހަރަކާތަކުން ސަލާމަތްކޮށްފި އެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓުކުރެވިފައި ވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 03 ވަނަ ދުވަހުގެ ހެނދުނު 06:00 ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، ޤަވާއިދާ ޚިލާފަށް މީހަކު ބަންދުކޮށްފައި ހުރިކަމުގެ ރިޕޯޓު ލިބުމާއެކު، އެ ސަރަޚައްދުގައި ހަރަކާތްތެރިވެ، އެ ގޭގެ ތަޅު ހަލާކުކޮށްލުމަށްފަހު އެތެރެއަށް ވަދެ، ބަންދުކޮށްފައި ހުރި މީހާ ވަނީ އެތަނުން ނެރެފަ އެވެ.

ސަލާމަތްކުރެވުނު ބަންގްލަދޭޝް މީހާގެ ހާލަތު ބެލުމަށްޓަކައި އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. ފުލުހުން ބުނެފައި ވަނީ، އޭނާއަށް އެއްވެސް ބޭރުފުށުގެ އަނިޔާއެއް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަޚްޤީގު ކުރަމުންނެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS