ކުޅިވަރު / ދުނިޔެ
ލިވަޕޫލްގެ ތަރި ޑިއޭގޯ ޖޯޓާ އާއި އޭނާގެ ކޮއްކޮ ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވެއްޖެ

ލިވަޕޫލްއަށް ކުޅެމުންދިޔަ ޕޯޗުގަލްގެ ފުޓުބޯޅަ ތަރި ޑިއޭގޯ ޖޯޓާ
ލިވަޕޫލްއަށް ކުޅެމުންދިޔަ ޕޯޗުގަލްގެ ފުޓުބޯޅަ ތަރި ޑިއޭގޯ ޖޯޓާ އާއި އޭނާގެ ކޮއްކޮ އެންޑްރޭ، ޗުއްޓީ ހޭދަކުރަމުންދަނިކޮށް، ސްޕެއިންގެ ޒަމޯރާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެރޭ މެންދަމުގެ ވަގުތެއްގައެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެކްސިޑެންޓު ހިނގި ވަގުތު ޖޯޓާ އާއި އޭނާގެ ކޮއްކޮ އެންޑްރޭ ދަތުރުކުރަމުން ދިޔައީ ކާރެއްގައެވެ. އަދި އެކްސިޑެންޓަށްފަހު ކާރުގައި އަލިފާންރޯވެފައިވާކަމަށް، އެ ސަރަޙައްދުގެ "ފަޔާރ" ޑިޕާޓްމެންޓުން މަޢުލޫމާތު ދީފައިވެއެވެ.
އަދި ކަމާގުޅުންހުރި އިދާރާތަކުން ޙާދިސާ ހިނގި ތަނަށް ދިޔައިރު ޖޯޓާ އާއި އޭނާގެ ކޮއްކޮ މަރުވެފައިވާކަމަށް ވަނީ ޔަޤީންކޮށްދީފައެވެ.
މި ޙާދިސާ ހިނގާފައި މިވަނީ، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ރޫޓް ކާޑޯސޯއާ ކައިވެނިކުރިތާ ދެ ހަފްތާ ފަހުންނެވެ. އެމީހުންގެ ކައިވެނި އޮތީ ޕޯޗުގަލްގައެވެ.
ޖޯޓާ ލިވަޕޫލްއާ ގުޅިފައިވަނީ 2020 ވަނަ އަހަރުގެ ހޫނު މޫސުމުގައި، 45 މިލިއަން ޕައުންޑަށް ވުލްވަރހެމްޕްޓަން ވޮންޑަރސްއިންނެވެ. ލިވަޕޫލްއަށް ޖޯޓާ 182 މެޗު ކުޅެފައިވާއިރު، އެ ޓީމާއެކު ދެ ފަހަރަށް ޕްރިމިއަރ ލީގު ތައްޓާއި ޔޫއެފާ ކަޕް ކާމިޔާބުކޮށްފައިވެއެވެ.
އުމުރުން 28 އަހަރުގެ މި ކުޅުންތެރިޔާ ވަނީ ލިވަޕޫލްއަށް 65 ގޯލު ޖަހައި، 26 އެސިސްޓް ހަދާފައެވެ. މި ހާދިސާއަކީ ފުޓުބޯޅަ ދުނިޔެއަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ.