ޚަބަރު
މާލެއިން މީހަކު ގެއްލިގެން ހޯދަނީ

ފުވައްމުލައް ސިޓީ، ހޯދަޑު / ބޯގަންވިލާ، އުމުރުން 34 އަހަރުގެ ސާމީ ޢަބްދުލްޙަމީދު
މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ ފުވައްމުލައް ސިޓީ، ހޯދަޑު / ބޯގަންވިލާ، އުމުރުން 34 އަހަރުގެ ސާމީ ޢަބްދުލްޙަމީދު ކަމަށް ފުލުހުން ހާމަކުރައްވައެވެ.
ފުލުހުން ވިދާޅުވީ ސާމީ ޢަބްދުލްޙަމީދު ޚަބަރެއް ނުވެ ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުގެ 18:16 އެހާކަންހާއިރު ކަމަށެވެ. އޭނާ ގެއްލިފައިވާކަމަށް ރިޕޯޓްކޮށްފައިވަނީ 2025 ޖޫން 25 ވަނަ ދުވަހުން ފެށިގެންނެވެ.
މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު ފުލުހުންގެ ކަމާގުޅުންހުރި އެންމެހައި ބަހާތަކަށް މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން މީހާ ހޯދިފައިނުވާކަމަށް ފުލުހުން ފާޅުކުރެއެވެ.
ސާމީ ޢަބްދުލްޙަމީދުއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9790092 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ. ފުލުހުން މިކަމުގައި އާއްމު ރައްޔިތުންގެ އެހީތެރިކަމަށް ބޭނުންވެއެވެ.