Ads by Stelco

ޚަބަރު

ސަލްމާން މިސްކިތުގައި ޤާއިމްކުރި ކުތުބުޚާނާ މިމަހު 12ގައި ހުޅުވަނީ

ސަލްމާން މިސްކިތުގައި ޤާއިމްކުރި ކުތުބުޚާނާ މިމަހު 12ގައި ހުޅުވަނީ

ސަލްމާން މިސްކިތުގައި ޤާއިމްކުރި ކުތުބުޚާނާ. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޖުލައި 2025، 05:02

03 ޖުލައި 2025، 05:02

މާލޭގެ ސަލްމާން މިސްކިތުގައި އަލަށް ޤާއިމްކުރެވުނު އިސްލާމީ ކުތުިބުޚާނާ ރަސްމީކޮށް ހުޅުވާލެވޭނީ 2025 ވަނަ އަހަރުގެ ޖުލައި 12 ވަނަ ދުވަހު ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

15،000 ފޮތާއެކު ހުޅުވުމަށް ތައްޔާރުވަމުންދާ މި ލައިބްރަރީއަކީ، ރާއްޖޭގައި ދީނީ ތަޢުލީމު ކުރިއެރުވުމަށާއި އިސްލާމީ ލިޔެކިޔުންތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ. މި މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދެއްގެ ދަށުން، ރާއްޖޭގެ މިސްކިތްތަކާއި އިސްލާމިކް ސެންޓަރުތަކުގައި އިސްލާމިކް ލައިބްރަރީތައް ޤާއިމްކުރުމުގެ މަޝްރޫޢުގެ ތެރެއިން ހިންގޭ މަސައްކަތެކެވެ.

ލައިބްރަރީ ހުޅުވުމުގެ ތައްޔާރީތައް ފުރިހަމަކުރުމަށްޓަކައި އިސްލާމީ ކަންތައްތަަކާއި ބެހޭ ވުޒާރާގެ އިސްވެރިން މި ހަފްތާގެ ކުރީކޮޅު ބައްދަލުވުމެއް ބާއްވާފައިވެއެވެ. އަދި ސަލްމާން މިސްކިތުގެ ލައިބްރަރީގެ އިމާރާތުގެ މަސައްކަތް މިހާރު ވަނީ ފުރިހަމަވެ، ހުޅުވުމަށް ތައްޔާރުވެފައި ކަމަށް އެވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

މީގެއިތުރުން، ބޭރުގެ ޔުނިވަރސިޓީއަކުން 60،000 ފޮތް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެވުޒާރާއިން ހާމަކޮށްފައިވެއެވެ. މި ފޮތްތައް ޅ. ދިއްދޫ، ރ. އުނގޫފާރު، ގދ. ތިނަދޫ، އައްޑޫ ސިޓީ އަދި އެހެނިހެން ރަށްރަށުގައި ޤާއިމްކުރެވޭ އިސްލާމިކް ލައިބްރަރީތަކަށް ބެހުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޤައުމީ ފެންވަރުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި ދީނީ ޢިލްމީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS