ދުނިޔެ

48 ގަޑިއިރު ތެރޭގައި 300 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފި

48 ގަޑިއިރު ތެރޭގައި 300 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފި

ޣައްޒާގެ ޝަހީދެއްގެ މައްޗަށް ކަށު ނަމާދުކުރަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޖުލައި 2025، 07:27

03 ޖުލައި 2025، 07:27

48 ގަޑިއިރުތެރޭގައި 300 އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން އިޒްރާއިލް ސިފައިންގެ ހަމަލާތަކުގައި ޝަހީދުވެފައިވާކަމަށް ޣައްޒާގެ މީޑިއާއިން ބުނެފިއެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި އިޒްރޭލް ސިފައިންގެ ހަމަލާތަކުގައި 300 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުވެއްޖެއެވެ. މި މުއްދަތުގެ ތެރޭގައި އިޒްރޭލުން ވަނީ 26 ލޭއޮހޮރުވުމެއް ހިންގާފައިކަމަށް އެ އޮފީހުން ބުނެއެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީން ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިޒްރޭލްގެ ހަމަލާތަކުގައި މަދުވެގެން 118 ފަލަސްތީން މީހުން ޝަހީދުވެ، 581 މީހުން ޒަހަމްވެފައިވެއެވެ. 

މީގެ ތެރެއިން 73 މީހުން ޝަހީދުވެފައިވަނީ ފަތިހުގެ ވަގުތުގައެވެ. އޭގެ ތެރޭގައި އިޒްރޭލް އަދި އެމެރިކާގެ އެހީތެރިކަމާއެކު ހިންގާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ގެ އެހީ ފޯރުކޮށްދޭ ސަރަހައްދުތަކުގައި ތިބި 33 މީހުން ހިމެނެއެވެ.

އަލް-މަވާސީ ސަރަހައްދުގައި ހުރި ޓެންޓަކަށް އިޒްރޭލް ސިފައިންގެ ހަމަލާއެއްގައި 13 މީހުން ޝަހީދުވިއެވެ. އަދި ޣައްޒާ ސިޓީގެ ހުޅަނގުގައި ހުރި، ހިޖުރަކުރި މީހުން ދިރިއުޅެމުންދާ މުސްތަފާ ހަފެޒް ސްކޫލަށް ދިން ހަމަލާއެއްގައި 16 މީހުން ޝަހީދުވެ، ގިނަ އަދަދެއްގެ މީހުން ޒަހަމްވިއެވެ.

"އަހަރުމެން ހޭލެވުނީ ގަދަފަދަ ވައިގެ ހަމަލާތަކަކާ އެކުގައި. ބިންހެލުމެއް އައި ކަހަލަ އިހުސާސެއް ކުރެވުނު. މީހުން ބުނަނީ އެއީ ޑްރޯން ހަމަލާއެކޭ، އެކަމަކު އަޑު ވަރަށް ބިރުވެރި، ހުއްޓުމެއްނެތް ހަމަލާތަކެއް. މިސައިލްތައް އެހާ ގަދައަށް ގޮވުމުގެ ސަބަބުން ހުރިހާ އެއްޗެއް އަނދައިގެން ދިޔައީ. ޝަހީދުވި މީހުންގެ ހަށިތައް ގަޑިއިރުތަކެއް ވަންދެން އެހީތެރިކަމެއް ނުލިބި އަނދަމުން ދިޔަ. އަހަރުމެން ސަލާމަތްކުރާނެ އެއްވެސް މީހަކު މިތާކު ނެތް،" އެ ސްކޫލްގައި ހިމާޔަތް ހޯދަމުންދާ ހިޖުރަކުރި ފަލަސްތީނެއް ކަމުގައިވާ އަހްމަދު މަންސޫރު ބުންޏެވެ.

މެއި މަހުގެ ފަހުކޮޅުން ފެށިގެން، އެހީ ހޯދުމަށް މަސައްކަތްކުރި 650 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުވެފައިވާއިރު، 4،000 އާ ގާތްކުރާ އަދަދެއްގެ މީހުން ޒަޚަމްވެފައިވެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS