ކުޅިވަރު

އޭޝިއަން ޔޫތު ޗެމްޕިއަންޝިޕް: ޗައިނީސް ޓައިޕޭ ބަލިކޮށް ދިވެހިރާއްޖެ ފައިނަލަށް

އޭޝިއަން ޔޫތު ޗެމްޕިއަންޝިޕް: ޗައިނީސް ޓައިޕޭ ބަލިކޮށް ދިވެހިރާއްޖެ ފައިނަލަށް

ސެމީފައިނަލް މެޗު ރާއްޖެއިން ކާމިޔާބުކުރީ 61-39 ޕޮއިންޓުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

03 ޖުލައި 2025، 08:51

03 ޖުލައި 2025، 08:51

ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް 2025ގައި ވާދަކުރަމުން އަންނަ ރާއްޖޭގެ 21 އަހަރުން ދަށުގެ ޤައުމީ ނެޓްބޯޅަ ޓީމުން ސެމީފައިނަލްގައި ޗައިނީސް ޓައިޕޭ ބަލިކޮށް ޕްލޭޓް ކަޕް ޑިވިޝަން (ދެވަނަ ޑިވިޝަން)ގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއަދު މެންދުރު ކުޅުނު މި މެޗު ދިވެހިރާއްޖެއިން ކާމިޔާބުކުރީ 61-39 ޕޮއިންޓުންނެވެ. 

މެޗުގެ ފުރަތަމަ ކުއާޓާ ނިމުނީ 14-11 ޕޮއިންޓުން ޗައިނީސް ޓައިޕޭ ކުރީގައި އޮވެގެނެވެ. ނަމަވެސް ދެވަނަ ކުއާޓާގައި ރާއްޖެއިން ވަނީ 6 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗު އިންޓަވަލްވިއިރު ރާއްޖެ އޮތީ 29-23 ޕޮއިންޓުން ކުރީގައެވެ.

ތިންވަނަ ކުއާޓާގައި ރާއްޖެއިން ވަނީ ކުޅުން އިތުރަށް ރަގަޅުކޮށް، ލީޑު ބޮޑުތަނުން ފުޅާކޮށްފައެވެ. އެއަށްފަހު ހަތަރުވަނަ ކުއާޓާގައި އެ ލީޑު އިތުރަށް ފުޅާވެ، މެޗު ނިމުނީ 22 ޕޮއިންޓުގެ ފަރަގަކުން ރާއްޖެއިން މެޗު ކާމިޔާބުކޮށްގެނެވެ. 

އަނެއް ސެމީގައި މިއަދު ޕާކިސްތާނުން ވަނީ 64-39 ޕޮއިންޓުން ޖަޕާން ބަލިކޮށްފައެވެ. އެހެންކަމުން ފައިނަލްގައި ބައްދަލުކުރަންޖެހޭނީ ރާއްޖެ އާއި ޕާކިސްތާނެވެ. 

މި ދެ ޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު 49-39 ޕޮއިންޓުން ކާމިޔާބުކުރީ ޕާކިސްތާނެވެ. އެހެންކަމުން މުބާރާތުގެ ތަށި އުފުލާލުމަށް ރާއްޖެއިން އިތުރު މަސައްކަތްތަކެއް ކުރަން މަޖުބުރުވާނެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS