ދުނިޔެ

އިޒްރާއީލުގެ ހަމަލާތަކަށް ތާއީދުކޮށް އީރާނުގެ ކުރީގެ ވަލީއަހުދު ދެއްކެވި ވާހަކަތަކުން އޭނާގެ މަޤުބޫލުކަން ގެއްލިއްޖެ

އިޒްރާއީލުގެ ހަމަލާތަކަށް ތާއީދުކޮށް އީރާނުގެ ކުރީގެ ވަލީއަހުދު ދެއްކެވި ވާހަކަތަކުން އޭނާގެ މަޤުބޫލުކަން ގެއްލިއްޖެ

އީރާނުގެ ކުރީގެ ވަލީއަހުދު ރެޒާ ޕަހުލަވީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޖުލައި 2025، 10:17

03 ޖުލައި 2025، 10:17

އިޒްރާއިލާއި އީރާނާއި ދެމެދު ހިނގި ހަމަނުޖެހުން ތަކުގައި އިޒްރާއިލަށް ތާއީދުކޮށް ވާހަކަދެއްކުމާއި ގުޅިގެން އީރާނުގެ ކުރީގެ ވަލީއަހުދު ރެޒާ ޕަހުލަވީގެ މަޤްބޫލުކަން ގެއްލިއްޖެއެވެ. 

އިޒްރާއީލާއި އީރާނާ ދެމެދު ހިނގި ހަނގުރާމަ ހުއްޓުމުގެ ކުރިން އީރާނުގެ އެންމެ ފަހު ޝާހުގެ ދަރިކަލުން ރެޒާ ޕަހުލަވީ ވަނީ ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

1979 ވަނަ އަހަރު އީރާނުގެ ރައްޔިތުން ވައްޓާލި ރަސްކަމުގެ ވާރިސްކަމަށް އަމިއްލައަށް ދަޢުވާކުރާ 64 އަހަރުގެ ރެޒާ ޕަހުލަވީ އެ ބައްދަލުވުމުގައި އެދުނީ އެމެރިކާއިން އީރާނުގެ ސަރުކާރަށް އަލުން ހިންދަމާލެވޭނެ ފަދަ ފުރުސަތެއް ނުދިނުމަށެވެ. އެއީ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ޑިޕްލޮމެޓިކް މަޝްވަރާތައް އަލުން ފެށުމުގެ ގޮތުންނެވެ.

ޕަހުލަވީ ބުނި ގޮތުގައި އީރާނުގެ އިސްލާމިކް ރިޕަބްލިކް ދަނީ ފުނޑުފުނޑުވެ ވެއްޓެމުންނެވެ.

 އިޒްރާއީލުގެ ހަނގުރާމައިން ލިބުނު ފުރުސަތުގައި އާންމު ރައްޔިތުން މަގުމައްޗަށް ނިކުމެ، ސިފައިންނާއި ސަލާމަތީ ބާރުތަކުން ސަރުކާރާ ދެކޮޅަށް ތެދުވުމަށް އޭނާ ގޮވާލިއެވެ.

ނަމަވެސް ޕަހުލަވީ އެދުނު ފަދަ ބޮޑެތި މުޒާހަރާތަކެއް ނުފެނުނެވެ. އޭގެ ބަދަލުގައި، ސަރުކާރާ ދެކޮޅު ގިނަ އީރާން ރައްޔިތުން ވެސް އެއްބައިވެ، ބޭރުގެ ބާރަކުން ޤައުމަށް ދިން ހަމަލާއާ ދެކޮޅަށް ތެދުވިއެވެ.

އީރާނާއި އެމެރިކާގެ ގުޅުންތަކުގެ މާހިރު، ޓްރިޓާ ޕާރސީ ބުނި ގޮތުގައި އިޒްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި 600 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އާންމު ރައްޔިތުން ހިމެނެއެވެ. އަދި މި ހަމަލާތައް ކުށްވެރި ނުކުރުމުގެ ސަބަބުން ޕަހުލަވީ އަށް ކުރިން ލިބިފައިވާ ކުޑަ މިންވަރުގެ ތާއީދު ވެސް ވަނީ ގެއްލިފައެވެ.

ޕަހުލަވީގެ ޢާއިލާއަކީ ދިގު ތާރީޚެއް އޮތް ރަސްކަމުގެ ޢާއިލާއެއް ނޫނެވެ. ރެޒާ ޚާން އަކީ 1920 ގެ އަހަރުތަކުގައި ބާރު ހޯދި ސިފައިންގެ އޮފިސަރެކެވެ. އޭނާގެ ފަހުން 1941 ގައި މުހައްމަދު ރެޒާ ވެރިކަމަށް އައިސްފައިވަނީ ބޭރުގެ ބާރުތަކުގެ އެހީގައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS