ދުނިޔެ

އީރާނުގެ ތެޔޮ އިރާޤު ތެލުގެ ގޮތުގައި އެތެރެކުރާ ނެޓްވޯކަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އީރާނުގެ ތެޔޮ އިރާޤު ތެލުގެ ގޮތުގައި އެތެރެކުރާ ނެޓްވޯކަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އއެމެރިކާގެ ތެޔޮ ރައްކާކުރާ ތަނެއް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޖުލައި 2025، 02:32

04 ޖުލައި 2025، 02:32

އެމެރިކާއިން ފާއިތުވި ބުރާސްފަތި ދުވަހު އީރާނުގެ ތެޔޮ އިރާޤުގެ ތެލަށް ހަދައިގެން އެތެރެކުރި ވަގު ވިޔަފާރީގެ ނެޓްވޯކަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

 މީގެ އިތުރުން ލުބުނާނުގެ ޝީޢީ ޖަމާޢަތެއް ކަމަށްވާ ޙިޒްބުﷲ އާ ގުޅުންހުރި މާލީ އިދާރާއެއްގެ ހަރަކާތްތަކާއި ފައިސާގެ ދައުރުތައް ހުއްޓުވުމުގެ ގޮތުން އެ އިދާރާއަށް ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށް އެމެރިކާއިން ބުނެއެވެ.

އެމެރިކާއިން ހާމަކުރި ގޮތުގައި އީރާނުގެ ތެޔޮ  އެތެރެކުރި މި ނެޓްވޯކް 2020 ވަނަ އަހަރުން ފެށިގެން ހިންގާފައިވަނީ އިރާޤުގެ ވިޔަފާރިވެރިއެއް ކަމަށްވާ ސަލީމް އަޙްމަދު ސައީދުއެވެ. އޭނާ މި ނެޓްވޯކް ބޭނުންކޮށްގެން އީރާނުގެ ތެޔޮ އިރާޤުގެ ތެޔޮކަމަށް މަސްހުނިކޮށް ނުވަތަ ބަދަލުކޮށް ގަނެ ޝިޕްކޮށްފައިވެއެވެ. 2020 ވަނަ އަހަރުން ފެށިގެން މި ނެޓްވޯކް މެދުވެރިކޮށް ބިލިއަނަށް ޑޮލަރުގެ ތެޔޮ ވިއްކާފައިވާ ކަމަށް އެމެރިކާގެ މާލިއްޔަތާއި ބެހޭ ޑިޕާރޓްމަންޓުން ނެރުނު ބަޔާނުގައިވެއެވެ.

މީގެ އިތުރުން ސެކްރެޓަރީ އޮފް ޓްރެޝަރީ، ސްކޮޓް ބެސެންޓް ވިދާޅުވީ އީރާނުގެ މަސްދަރުތަކަށް އަމާޒުކޮށް، އެ ޤައުމުގެ ފައިސާގެ ނަގާލާނެ މަގުތަކަށް އެޅޭ ހުރަސްތައް ގިނަ ކުރުމަށްޓަކައި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކުރަމުން ދާނެ ކަމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS