ކުޅިވަރު

ޑިއޯގޯ ޖޯޓާގެ ހަނދާނުގައި ލިވަޕޫލުން 20 ނަންބަރު ޖާޒީ އަބަދަށްޓަކައި ރިޓަޔާކުރަން ނިންމައިފި

ޑިއޯގޯ ޖޯޓާގެ ހަނދާނުގައި ލިވަޕޫލުން 20 ނަންބަރު ޖާޒީ އަބަދަށްޓަކައި ރިޓަޔާކުރަން ނިންމައިފި

ޑިއޯގޯ ޖޯޓާ/ފޮޓޯ: މެޓްރޯ

04 ޖުލައި 2025، 04:56

ޑިއޯގޯ ޖޯޓާގެ ހަނދާނުގައި ލިވަޕޫލް ފުޓްބޯޅަ ކްލަބުން 20 ނަންބަރު ޖާޒީ އަބަދަށްޓަކައި ރިޓަޔާކުރަން ނިންމައިފި އެވެ.

ލިވަޕޫލް ފުޓްބޯޅަ ކްލަބުން މި ނިންމުން ނިންމަވާފައިވަނީ، އެ ކްލަބަށް ކުޅެމުންދިޔަ ޕޯޗުގަލްގެ ފުޓުބޯޅަ ތަރި ޑިއޯގޯ ޖޯޓާ އާއި އޭނާގެ ކޮއްކޮ އެންޑްރޭ، ޗުއްޓީ ހޭދަކުރަމުންދަނިކޮށް ސްޕެއިންގެ ޒަމޯރާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވުމާއި ގުޅިގެންނެވެ. ލިވަޕޫލްގެ މި ނިންމުމާއި ގުޅިގެން މުސްތަގުބަލުގައި ލިވަޕޫލްގެ އެއްވެސް ކުޅުންތެރިޔަކު 20 ނަމްބަރު ލައިގެން ނުކުޅޭނެއެވެ.

ޖޯޓާ ލިވަޕޫލްއާ ގުޅިފައިވަނީ 2020 ވަނަ އަހަރުގެ ހޫނު މޫސުމުގައި، 45 މިލިއަން ޕައުންޑަށް ވުލްވަރހެމްޕްޓަން ވޮންޑަރސްއިންނެވެ. ލިވަޕޫލްއަށް ޖޯޓާ 182 މެޗު ކުޅެފައިވާއިރު، އެ ޓީމާއެކު ދެ ފަހަރަށް ޕްރިމިއަރ ލީގު ތައްޓާއި ޔޫއެފާ ކަޕް ކާމިޔާބުކޮށްފައިވެއެވެ. އުމުރުން 28 އަހަރުގެ މި ކުޅުންތެރިޔާ ވަނީ ލިވަޕޫލްއަށް 65 ގޯލު ޖަހައި، 26 އެސިސްޓް ހަދާފައެވެ.

ލިވަޕޫލުން މީގެ ކުރިން އެއްވެސް ކުޅުންތެރިޔަކަށް އިހުތިރާމްގެ ގޮތުން ޖާޒީ ނަންބަރެއް ރިޓަޔާކޮށްފައިނުވާއިރު، ޖޯޓާގެ ވަކިވެ ދިޔުމާއި ގުޅިގެން މުޅި ފުޓުބޯޅަ ދުނިޔެއަށް ވެސް ވަނީ ބޮޑު ހިތާމައެއް ކުރިމަތިވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS