ރިޕޯޓް

ރާއްޖެ-ސިންގަޕޫރު ގުޅުމަށް 50 އަހަރު:ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގަށް އުންމީދީ ދޮރުތަކެއް ހުޅުވިގެންދިޔަ

ރާއްޖެ-ސިންގަޕޫރު ގުޅުމަށް 50 އަހަރު:ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގަށް އުންމީދީ ދޮރުތަކެއް ހުޅުވިގެންދިޔަ

ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޖުލައި 2025، 05:41

04 ޖުލައި 2025، 05:41

ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ މި މުހިންމު ދަނޑިވަޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ޖޫން މަހުގެ 29 އިން ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާފައިވެއެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގަށް އުންމީދީ ދޮރުތަކެއް ހުޅުވިގެންދިޔަ، ފަންނީ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް ފާހަގަކޮށްލެވޭ ދަތުރުފުޅެކެވެ.

ރަސްމީ މަރްޙަބާއާއި އިޙްތިރާމްގެ ހަދިޔާ: ގުޅުމުގެ ރަމްޒު

ސިންގަޕޫރަށް ވަޑައިގަތުމުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އެ ޤައުމުގެ ފޮރިން މިނިސްޓްރީގައި ވަރަށް ހޫނު މަރްޙަބާއެއް ދަންނަވާފައިވާއިރު، ރައީސް ތަރްމަން ޝަންމުގަރަނަމް އާއި އެ މަނިކުފާނުގެ އަނބިކަނބަލުން މިސިސް ޖޭން އިޓޯގީ ޝަންމުގަރަނަމް ވަނީ ރައީސްގެ ދެކަނބަލުންނަށް މަރްޙަބާ އިތުރަށް ފުރިހަމަކޮށްދެއްވާފައެވެ.

ރާއްޖެ-ސިންގަޕޫރު ގުޅުމަށް 50 އަހަރު:ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގަށް އުންމީދީ ދޮރުތަކެއް ހުޅުވިގެންދިޔަ

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ސިންގަޕޫރުން ރަސްމީކޮށް މަރުޙަބާ ދެންނެވުން

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޝަރަފުގެ ގާޑް އިންސްޕެކްޓްކުރައްވައި، ދެ ޤައުމުގެ އިސް އޮފިޝަލުން ތަޢާރަފުކޮށްދެއްވުން ވެސް އޮތެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ވަނީ ދިވެހިރާއްޖެއާއި ސިންގަޕޫރުގެ 50 އަހަރުގެ ސިޔާސީ ގުޅުމުގެ މައްޗަށް ނަޒަރު ހިންގަވައި، ދެ ޤައުމުގެ ދެމެދުގައި އޮތް މި ގުޅުން އިތުރަށް ބަދަހިކުރުމުގެ އަޒުމް ފާޅުކުރައްވާފައެވެ.

މީގެއިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ދެމެހެއްޓެނިވި ގާތް ގުޅުން ފާހަގަކުރައްވައި، ތަމްރީނާއި ތަޢުލީމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އަދި ޢުމްރާނީ ތަރައްޤީ ފަދަ ދާއިރާތަކުން ދެ ޤައުމަށް ފައިދާހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމާއި، ފަތުރުވެރިކަމުގެ އިތުރުން ތަފާތު ދާއިރާތަކުން އިޤްތިޞާދު ފުޅާކުރުމާ ގުޅޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން، ސިންގަޕޫރުގެ ޤައުމީ އޯކިޑް ބަޤީޗާގެ އޯކިޑް ހައިބްރިޑަކަށް، ރައީސްގެދެކަނބަލުންގެ ނަންފުޅަށް ނިސްބަތްކޮށް ވަނީ ނަން ދީފައެވެ. މިއީ ދެޤައުމުގެ ބައިނަލްއަޤްވާމީ ގުޅުން ބަދަހިކުރުމުގެ ރަމްޒެކެވެ.އޯކިޑު ބަގީޗާއަށް ޒިޔާރަތްކުރައްވާ ދައުލަތުގެ ޢިއްޒަތްތެރިންގެ ނަންފުޅަށް އޯކިޑް ހައިބްރިޑްތަކަށް ނަންކިޔުމަކީ ސިންގަޕޫރުގެ ދިގު ޒަމާންވީ އާދަކާދައެކެވެ.

ރާއްޖެ-ސިންގަޕޫރު ގުޅުމަށް 50 އަހަރު:ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގަށް އުންމީދީ ދޮރުތަކެއް ހުޅުވިގެންދިޔަ

ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގެ އޯކިޑް ހައިބްރިޑަކަށް، ރައީސްގެ ދެކަނބަލުންގެ ނަންފުޅަށް ނިސްބަތްކޮށް ވަނީ ނަން ދީފަ

ފަސްޓް ލޭޑީންގެ މަޝްވަރާތައް: އިޖުތިމާޢީ ގުޅުން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރުގެ ފަސްޓް ލޭޑީ، މިސިސް ޖޭން އިއްތޯގީ ޝަންމުގަރަތުނަމް އިންތިޒާމުކުރެއްވި ޚާއްސަ ސައިފޮދުގައި ވަނީ ދެ ބޭފުޅުން އަދާކުރައްވަމުން ގެންދަވާ އެކި މަސްއޫލިއްޔަތުތަކުގެ މަސައްކަތްތަކާ ބެހޭގޮތުން ތަފާތު ތަޖުރިބާތަކާއި ޚިޔާލުފުޅުތައް ހިއްސާކުރައްވައި، މަޝްވަރާ ކުރައްވާފައެވެ.

ރާއްޖެ-ސިންގަޕޫރު ގުޅުމަށް 50 އަހަރު:ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގަށް އުންމީދީ ދޮރުތަކެއް ހުޅުވިގެންދިޔަ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސިންގަޕޫރުގެ ފަސްޓް ލޭޑީ އިންތިޒާމުކުރެއްވި ޚާއްޞަ ސައިފޮދުގައި ބައިވެރިވެވަޑައިގަތުން

ބޮޑުވަޒީރާ ބައްދަލުކުރެއްވުން: އިޤްތިޞާދީ ކުރިއެރުންތައް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ބޮޑުވަޒީރު އަދި މާލީ ވަޒީރު، ހިޒް އެކްސަލަންސީ ލޯވްރެންސް ވޮންގްއާ ކުރެއްވި ބައްދަލުވުމުގައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައި ސިންގަޕޫރުގެ ވިޔަފާރިތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، ވަކިން ޚާއްޞަކޮށް، މަސްވެރިކަމުގެ އެކްސްޕޯޓްތަކަށް އައު ބާޒާރުތައް ހޯދައި، އިޤްތިޞާދު ސިންދަފާތުކުރުމާ ގުޅޭ ގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ.

ރާއްޖެ-ސިންގަޕޫރު ގުޅުމަށް 50 އަހަރު:ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގަށް އުންމީދީ ދޮރުތަކެއް ހުޅުވިގެންދިޔަ

ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރުގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުން

އިއާދަކުރަނިވި ހަކަތައަށް ރާއްޖެ ބަދަލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވިދާނެ ގޮތްތަކުގެ މައްޗަށްވެސް މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ތަޢުލީމާއި، އިންސާނީ ވަސީލަތް ކުރިއެރުވުމާއި، އާބަން ޕްލޭނިންގްގެ ދާއިރާއިން ފަންނީ ޢިލްމު ޙިއްޞާކުރުން ހިމެނޭހެން ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންވެސް ދެބޭފުޅުން ވަނީ ވާހަކަފުޅުދައްކަވާފައެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކުގެ ހައިސިއްޔަތުން ރާއްޖެއާއި ސިންގަޕޫރުން އެކިއެކި މަންސަތަކުގައި އިތުރަށް ގުޅުން ބަދަހިކޮށް، ވަކީން ޚާއްސަކޮށް މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ބިންތިރި ޖަޒީރާ ޤައުމުތަކަށް ކުރާ އަސަރުތަކުގައި، ދެޤައުމަށް އޮތް ގޮންޖެހުންތަކާ މެދު ހަރުދަނާ ގޮތެއްގައި އަޑުއުފުލުމާމެދު މަޝްވަރާކުރެއްވިއެވެ.

މުހިންމު އެއްބަސްވުންތަކެއް: ކުރިމަގުގެ ބިންގާ

މި ދަތުރުފުޅުގައި ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު މުހިންމު ތިން ފަހުމްނާމާއެއްގައި ވަނީ ސޮއިކުރެވިފައެވެ. އެއީ: ޤާބިލުކަން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ސިންގަޕޫރު ސަރުކާރާ ދެމެދު ވެވޭ ފަހުމުނާމާ؛ ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ އާއި ސިންގަޕޫރުގެ މިނިސްޓްރީ އޮފް ސަސްޓެއިނަބިލިޓީ އެންޑް އެންވަޔަރަމަންޓާ ދެމެދު ވެވޭ ފަހުމުނާމާ؛ އަދި މަތީ ތަޢުލީމާއި، ތަޢުލީމީ ސިޔާސަތާއި، ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމާއި ދިރާސާގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އާއި ސިންގަޕޫރުގެ އިންސްޓިޓިއުޝަން އޮފް ޓެކްނިކަލް އެޑިއުކޭޝަނާ ދެމެދު ވެވޭ ފަހުމުނާމާއެވެ. މި އެއްބަސްވުންތަކަކީ ތަފާތު ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެކެވެ.

ރާއްޖެ-ސިންގަޕޫރު ގުޅުމަށް 50 އަހަރު:ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގަށް އުންމީދީ ދޮރުތަކެއް ހުޅުވިގެންދިޔަ

ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުން

އިޤްތިޞާދީ ހަބެއްގެ ގޮތުގައި ރާއްޖޭގެ ކުރިމަގު: އިންވެސްޓްމަންޓްގެ ދޮރުތައް

ދިވެހިރާއްޖެ އާއި ސިންގަޕޫރާއި ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރަން އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިންގަޕޫރުގައި ދިވެހިރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމް ބޭއްވުނެވެ. މި ފޯރަމްގެ ތެރެއިން ދިވެހި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ތަޖުރިބާ ދަތުރުތަކާއި، ތަމްރީނު ޕްރޮގްރާމްތަކާއި އަދި ކޮންސަލްޓެންސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި ސިންގަޕޯރ ކޯޕަރޭޝަން އެންޓަރޕްރައިޒް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ.

ރާއްޖެ-ސިންގަޕޫރު ގުޅުމަށް 50 އަހަރު:ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގަށް އުންމީދީ ދޮރުތަކެއް ހުޅުވިގެންދިޔަ

ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަތުން

އިންވެސްޓް ކުރުމުން ދިވެހިރާއްޖޭގައި ވަޒަންވެރިވުމަށް ފުރުޞަތު ލިބޭ ޕްރޮގްރާމެއް ކަމަށް ވާ ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމްގައި ދިވެހި ސަރުކާރާއި ހެންލީ އެންޑް ޕާޓްނާރސްއާއި ދެމެދު ވަނީ ސޮއިކުރެވިފައެވެ. މި އެއްބަސްވުމުގެ ސަބަބުން ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހުޅުވި، ދިރިއުޅެން އަދި އިންވެސްޓްކުރަން އެންމެ ރަނގަޅު ރަށްތަކުގެ އިޤްތިޞާދެއްގެ ގޮތުގައި ދިވެހިރާއްޖެ ފާހަގަކުރެވޭނެއެވެ. މީގެ އިތުރުން، ދިވެހި ސަރުކާރާއި އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާ ދެމެދު، ޕްރޮޖެކްޓް ސޯލާ ސިޓީ އިންވެސްޓްމަންޓާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.

ރާއްޖެ-ސިންގަޕޫރު ގުޅުމަށް 50 އަހަރު:ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގަށް އުންމީދީ ދޮރުތަކެއް ހުޅުވިގެންދިޔަ

ދިވެހި ސަރުކާރާއި ހެންލީ އެންޑް ޕާޓްނާރސްއާއި ދެމެދު ސޮއިކުރުން

މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޤާއިމުކުރެވޭ އެންމެ ބޮޑު ފްލޯޓިންގ ސޯލާ ޕަވަރ ޕްރޮޖެކްޓްގެ މަސައްކަތް ފެށިގެންދާނެއެވެ. އަދި ދިވެހިރާއްޖޭގެ މޫސުމާގުޅޭ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން 2028 ވަނަ އަހަރާއި ހަމައަށް ދިވެހިރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ނިސްބަތުގެ 30 އިންސައްތަ އިއާދަކުރަނިވި ހަކަތަޔަށް ބަދަލުކުރުމުގެ މަސައްކަތަށްވެސް މި މަޝްރޫޢުގެ ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

"ޕްރޮޖެކްޓް ސޯލަރ ސިޓީ" އަކީ ދިވެހިރާއްޖޭގައި ގާއިމުކުރާ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވިއެވެ. މި ޒޯނުގައި ކުރެވޭނެ ކަންކަމުގެ ތެރޭގައި 100 މެގަވޯޓްގެ ސޯލަރ ފޮޓޯވޮލްޓިކް ސިސްޓަމެއް ޤާއިމުކޮށް އޮޕަރޭޓްކުރުމާއި، މީޓިންގްސް، އިންސެންޓިވްސް، ކޮންފަރެންސެސް އަދި އެގްޒިބިޝަންސް (އެމް.އައި.ސީ.އީ) ހިމެނޭހެން ފަތުރުވެރިކަން ތަރައްޤީކޮށް އޮޕަރޭޓްކުރުމާއި، ލޮޖިސްޓިކްސް، ސްޓޯރޭޖާއި އިންޑަސްޓްރިއަލް ހަބެއް ތަރައްޤީކޮށް އޮޕަރޭޓްކުރުން އަދި ރިއަލް އެސްޓޭޓް ތަރައްޤީކުރުން ހިމެނެއެވެ.

ފަސްޓް ލޭޑީގެ ބައްދަލުވުންތައް: ކާބޯތަކެތީގެ ރައްކާތެރިކަން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ ސިންގަޕޫރުގެ ފުޑް އެޖެންސީއަށް ޒިޔާރަތް ކުރައްވައި، އެ އެޖެންސީގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ވަނީ ރާއްޖެއާއި ސިންގަޕޫރުގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި ރެގިއުލޭޓަރީ އުސޫލުތައް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރާއްޖެ-ސިންގަޕޫރު ގުޅުމަށް 50 އަހަރު:ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގަށް އުންމީދީ ދޮރުތަކެއް ހުޅުވިގެންދިޔަ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސިންގަޕޫރު ފުޑް އޭޖަންސީއަށް ޒިޔާރަތްކުރެއްވުން

ތަޢުލީމީ ގުޅުންތަކަށް ބޮޑު އިސްކަމެއް: ފަންނީ ތަރައްޤީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ސިންގަޕޫރުގެ އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އައި.ޓީ.އީ) ހެޑްކުއާޓާޒްއާއި އައި.ޓީ.އީ ކޮލެޖް ސެންޓްރަލްއަށް ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތުގައި، އައި.ޓީ.އީގެ މެނޭޖްމަންޓުން ވަނީ، އިންސްޓިޓިއުޝަނަލް ޕާޓްނަރެއްގެ ގޮތުގައި ދިވެހިރާއްޖެއަށް މަރްޙަބާ ކިޔާކަން ހާމަކުރައްވާފައެވެ.

ރާއްޖެ-ސިންގަޕޫރު ގުޅުމަށް 50 އަހަރު:ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގަށް އުންމީދީ ދޮރުތަކެއް ހުޅުވިގެންދިޔަ

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، އައި.ޓީ.އީ ހެޑްކުއާޓަރސް އެންޑް އައި.ޓީ.އީ ކޮލެޖް ސެންޓްރަލަށް ޒިޔާރަތްކުރެއްވުން

މި ދަތުރުފުޅުގައި މަތީ ތަޢުލީމާއި ތަޢުލީމީ ސިޔާސަތާއި ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމާއި ރިސާޗްގެ ދާއިރާއިން އެއްބާރުލުން ދިނުމަށް އައި.ޓީ.އީ އާއި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާ ދެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ވަކި ވަކި ޤައުމުތަކުގެ ޙާލަތާ ގުޅޭ ގޮތަށް ހަރުދަނާ ގޮތެއްގައި، ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމު، ދެޤައުމުގެ މެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގައި އައި.ޓީ.އީއިން ދެއްވާ އެއްބާރުލުމާއި ގެންގުޅުއްވާ އަޒުމަށް ޝުކުރު އަދާކުރެއްވިއެވެ.

ދެ ޤައުމުގެ ގުޅުމުގެ ފަންސާސް އަހަރު: ހަނދާނީ ފިލާ

ދިވެހިރާއްޖެއާއި ސިންގަޕޫރާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވި ވަކިވަކި ފަރުދުންނާއި ޖަމުޢިއްޔާ، ޖަމާޢަތްތަކުގެ އަގުވަޒަންކުރައްވައި، ދިވެހި ސަރުކާރުން އެ ފަރާތްތަކަށް ހަނދާނީ ފިލާ ދެއްވިއެވެ.

ރާއްޖެ-ސިންގަޕޫރު ގުޅުމަށް 50 އަހަރު:ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގަށް އުންމީދީ ދޮރުތަކެއް ހުޅުވިގެންދިޔަ

މުހިންމު މަސައްކަތްތަކެއް ކޮށްދެއްވި ވަކިވަކި ފަރުދުންނާއި ޖަމުޢިއްޔާ، ޖަމާޢަތްތަކުގެ އަގުވަޒަންކުރައްވައި، ދިވެހި ސަރުކާރުން އެ ފަރާތްތަކަށް ހަނދާނީ ފިލާ ދެއްވުން

ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުން: ރައްޔިތުންނާ ގުޅުން ބަދަހިކުރުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި، އެބޭފުޅުންގެ ޙާލުއަޙުވާލު ބެއްލެވިއެވެ.

ރާއްޖެ-ސިންގަޕޫރު ގުޅުމަށް 50 އަހަރު:ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގަށް އުންމީދީ ދޮރުތަކެއް ހުޅުވިގެންދިޔަ

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުން

ޤައުމު ތަރައްޤީކުރުމުގެ ފިލާވަޅުތައް: ތަރައްޤީގެ އާ މިންގަނޑު

ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑަށް ޒިޔާރަތް ކުރައްވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންނަށް ވަނީ، ސިންގަޕޫރު ރައްޔިތުންގެ ލުއިފަސޭއަށް އިސްކަންދޭ، ރައްކާތެރި އަދި ސްމާޓް ދިރިއުޅުމެއް އުޅެވޭނެ ސިޓީއެއް ބިނާކޮށް، ދެމެހެއްޓުމަށް ސިންގަޕޫރުން ގެންގުޅުއްވާ ދުރުރާސްތާގެ ޕޮލީސެންޓްރިކް އާބަން ޕްލޭނިންގ އާއިބެހޭގޮތުން ޕްރެޒެންޓޭޝަނެއް ދީފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫ.އާރް.އޭ.ގެ ސިންގަޕޫރު ސިޓީ ގެލެރީއަށް ޒިޔާރަތް ކުރައްވައި، ސިންގަޕޫރުގެ އާބަން ޕްލޭނިންގ އެކިއެކި މަރުހަލާތައް ބައްލަވާލައްވައި، އެ ސިޓީ ބެލެހެއްޓުމަށް ވޭތުވެދިޔަ އަހަރުތަކުގައި ކުރިމަތިވި އެކިއެކި ގޮންޖެހުންތަކާއި އެކަންކަމަށް ޙައްލުތައް ގެނެވުނު ގޮތް ބައްލަވާލައްވާފައެވެ.

ރާއްޖެ-ސިންގަޕޫރު ގުޅުމަށް 50 އަހަރު:ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގަށް އުންމީދީ ދޮރުތަކެއް ހުޅުވިގެންދިޔަ

ރައީސުލްޖުމްހޫރިއްޔާ ސިންގޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑަށް ޒިޔާރަތްކުރެއްވުން

ޕޯޓު ތަރައްޤީގެ ކުރިއެރުންތައް: ވިޔަފާރީގެ ދޮރުތައް

މި ދަތުރުފުޅުގައި ޓުއަސް ޕޯޓުން ރައީސުލްޖުމްހޫރިއްޔާއާއި، އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުން ޒިޔާރަތްކުރައްވާ ތަރައްޤީއަށް ކުރެވިފައި ހުރި ކަންކަމާއި، މަސައްކަތްތައް ކުރިއަށްދާ ގޮތް ޙިއްސާކުރެއްވިއެވެ. އެއަށްފަހު ޕޯޓު ބައްލަވާލައްވައި، ޕޯޓު ކޮންޓްރޯލް ސެންޓަރުގައި އޮޓޮމެޓިކް ކާގޯގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވިއެވެ.

ރާއްޖެ-ސިންގަޕޫރު ގުޅުމަށް 50 އަހަރު:ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގަށް އުންމީދީ ދޮރުތަކެއް ހުޅުވިގެންދިޔަ

ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރުގެ ޓުއަސް ޕޯޓަށް ޒިޔާރަތްކުރެއްވުން

ކުރިއަށް އޮތް ފަންސާސް އަހަރަށް ބިންގާ

މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ގުޅުންތައް އާ ބާރަކާއެކު ކުރިއަށް ގެންދިއުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. ދެ ޤައުމުގެ އިޤްތިޞާދީ، ތަޢުލީމީ، ތިމާވެށީ އަދި ސިޔާސީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށްޓަކައި ގިނަގުނަ އެއްބަސްވުންތަކުގައި ސޮއިކުރެވި، ކުރިމަގުގެ މަގުޗާޓެއް ވަނީ ކަނޑައެޅިފައެވެ. ޚާއްސަކޮށް، ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމާއި، "ޕްރޮޖެކްޓް ސޯލާ ސިޓީ" ފަދަ ބޮޑެތި މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަންކަމެވެ. މިއީ ދެ ޤައުމުގެ ގުޅުމުގެ ފަންސާސް އަހަރު ފާހަގަކުރުމުގެ ތެރެއިން، ކުރިއަށް އޮތް ފަންސާސް އަހަރަށް ބިންގާ އެޅުނު ފަޚުރުވެރި ދަތުރުފުޅެކެވެ.

                    

                    

މި ލިޔުން ކިޔާލުމުން

Ads by MSS