ދުނިޔެ

ނަތަންޔާހޫގެ ވަޢުދެއް: އިސްރާއީލުގެ ހުރިހާ އަސީރުން މިނިވަންކޮށް އަނބުރާ ގެންނާނަން

ނަތަންޔާހޫގެ ވަޢުދެއް: އިސްރާއީލުގެ ހުރިހާ އަސީރުން މިނިވަންކޮށް އަނބުރާ ގެންނާނަން

ބެންޖަމިން ނަތަންޔާހޫ/ފޮޓޯ: އޭޕީ ނިއުސް

04 ޖުލައި 2025، 05:54

ފަލަސްޠީނުގެ ހަމާސް ޖަމާއަތުން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ ހުރިހާ އަސީރުން މިނިވަންކޮށް އަނބުރާ ގެންނާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަޢުދުވެއްޖެއެވެ.

ބެންޖަމިން ނަތަންޔާހޫ މިފަދައިން ވަޢުދުވެފައިވަނީ، ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓުވުމަށް މެދުވެރިންގެ ފަރާތުން ލިބިފައިވާ އައު ހުށަހެޅުންތައް ދިރާސާކުރަމުންދާ ދަނޑިވަޅެއްގައެވެ.

އިޒްރާއީލުން 60 ދުވަހުގެ މުއްދަތަކަށް ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެއްބަސްވެފައިވާކަމުގެ އަޑުތައް ގަދަވެފައި ވީ ނަމަވެސް، ބެންޖަމިން ނެތަންޔާހޫ ވަނީ ހަމާސް ޖަމާޢަތް މުޅިން އެއްކޮށް ނައްތާލުމަށް އަޒުމް ކަނޑައަޅާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ދެ ފަރާތުން ވެސް ހައްޔަރުކޮށްފައި ތިބި މީހުން މިނިވަންކުރުމަށް ނިންމުމާއި ގުޅޭގޮތުން މަޝްވަރާކުރަމުންދާއިރު، އެންމެ ބޮޑު އަމާޒަކީ ހުރިހާ އަސީރުން އަނބުރާ ގެނައުންކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ނަތަންޔާހޫ ވަނީ، ޣައްޒާގައި ހިފެހެއްޓިފައިވާ ހަނގުރާމައިގެ ހުރިހާ ރަހީނުންނެއް އަނބުރާ ގެންދިއުމާއި، ހަމާސް ނައްތާލުމަކީ އެކުއެކީގައި ހާސިލުކުރަންޖެހޭ ދެ ލަނޑުދަނޑި ކަމުގައި ހާމަކޮށްފައެވެ. އަދި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ފަހުގެ އެއްބަސްވުމެއްގެ ބަދަލުގައި، ވަގުތީ ހުއްޓުމަކަށް އެއްބަސްވުމަށް ތާއީދުކުރާކަން އޭނާ ވަނީ ހާމަކޮށްފައެވެ.

މި ހަނގުރާމައާއި ގުޅޭ އިތުރު މަޝްވަރާތަކަށް ނަތަންޔާހޫ އަންނަ ހަފްތާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ވާހަކަ ދެއްކުމަށް އެޤައުމަށް ދަތުރެއް ކުރުމަށް ވަނީ ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS