Ads by Stelco

ޚަބަރު

ޤައުމީ އެއަރލައިންގެ ބޯޓުތަކުގައި ޕަވަރ ބޭންކް ބޭނުން ނުކުރެވޭ ގޮތަށް އުޞޫލު ބަދަލުކޮށްފި

ޤައުމީ އެއަރލައިންގެ ބޯޓުތަކުގައި ޕަވަރ ބޭންކް ބޭނުން ނުކުރެވޭ ގޮތަށް އުޞޫލު ބަދަލުކޮށްފި

މޯލްޑިވިއަންގެ ބޯޓެއް/ފޮޓޯ: އިންޓަރނެޓް

04 ޖުލައި 2025، 06:14

ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން (މޯލްޑިވިއަން) ގެ ބޯޓުތަކުގައި ޕަވަރ ބޭންކް ބޭނުން ނުކުރެވޭ ގޮތަށް އުޞޫލު ބަދަލުކޮށްފިއެވެ.

މޯލްޑިވިއަނުން ވަނީ، އަލަށް ޢަމަލުކުރަން ފެށި އުޞޫލުގައި ހިމެނޭކަންކަން ހާމަކުރުމަށް ނޫސްބަޔާނެއް ނެރިފައެވެ. އަދި މި ބަޔާނުގައި، އަލަށް ޢަމަލުކުރާ  އުޞޫލުގައި މައިގަނޑު 7 ކަމެއް ހިމަނާފައިވާއިރު، މިގޮތަށް އުޞޫލު ބަދަލުކޮށްފައިވަނީ އިންޓަރނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)، އިންޓަނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އަދި ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީގެ މިންގަނޑުތަކަށް ތަބާވުމަށްކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ.

މޯލްޑިވިއަނުން އަލަށް ޢަމަލުކުރަން ފެށި އުސޫލުގައި ހިމެނޭކަންކަން:

  • ކޮންމެ ދަތުރުވެރިއަކަށް 2 ޕަވަރ ބޭންކް ގެންދެވޭނެ.
  • ފްލައިޓު މަތީ ޕަވަރ ބޭންކް އޮންނަން ވާނީ އަތުގައި، ސީޓު ޖީބުގައި، ނުވަތަ ސީޓު ދަށުގައި.
  • ޕަވަރ ބޭންކުގެ ކެޕޭސިޓީ 100 ވަޓް-އަވާ އަށް ވުރެ އިތުރުވެގެން ނުވާނެ.
  • ޕަވަރ ބޭންކް ލަގެޖް ތެރޭގައި ފޮނުވުމަކީ  މަނާކަމެއް.
  • ފްލައިޓުތެރޭ ޕަވަރބޭންކް ބޭނުންކޮށްގެން ޗާޖު ކުރުމަކީ  މަނާކަމެއް.
  • ޕަވަރ ބޭންކު ކަރަންޓު މައްސަލައެއް ދިމަވެދާނެ ގޮތަށް އޮވެގެން ނުވާނެ.
  • ޕަވަރ ބޭންކުތައް އދ. ގެ ކަރަންޓު ސާމާނުގެ މިންގަނޑުތަކަށް ފެތެންވާނެ.

މޯލްޑިވިއަނުގެ މި ނިންމެވުމަކީ، އެ އެއަރލައިނުން ދަތުރުކުރާ ފަރާތްތަކާއި، ބޯޓުތަކުގެ ސަލަމާތާއި ރައްކާތެރިކަމަށް ކަށަވަރުކުރުމަށް އެ އެއަރލައިނުން އެޅުއްވި މުހިންމު ފިޔަވަޅެއްކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ އެއަރލައިންގެ އުޞޫލުތައް ހަރުދަނާ ކުރުމަށް ކުރި އޮތް ތަނުގައި ވެސް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް މޯލްޑިވިއަނުން ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS