Ads by Stelco

ޚަބަރު

ވައިލްޑްލައިފް ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ވައިލްޑްލައިފް ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ވައިލްޑް ލައިފް ދާއިރާގެ ބޭފުޅެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޖުލައި 2025، 06:58

04 ޖުލައި 2025، 06:58

އިންޑިއާގެ މަޝްހޫރު ވައިލްޑްލައިފް އިންސްޓިޓިއުޓުން ހިންގާ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ވައިލްޑްލައިފް ދާއިރާއިން އިތުރަށް ތަޢުލީމު ޙާޞިލުކުރަން ޝައުޤުވެރިވާ ދިވެހި ފަރާތްތަކަށެވެ.

މި ކޯހަށް ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު، މިނިސްޓްރީން ކަނޑައަޅާފައިވާ އީމެއިލް އެޑްރެސްތަކަށް ފޮނުވުމަށް ވަނީ އިރުޝާދު ދީފައެވެ. އޭގެފަހުން، މިނިސްޓްރީގެ myedu.egov.mv ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެއެވެ.

މި ކޯހާ ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑްކޮށްފައިވާ މަޢުލޫމާތު ޝީޓުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. މީގެ އިތުރުން، މި ކޯހަށް މީހުން ހޮވުމުގެ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދާނީ ކޯސް ހިންގާ ފަރާތް ކަމަށްވާ ވައިލްޑްލައިފް އިންސްޓިޓިއުޓުން ކަމަށްވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން، ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ނުވަތަ ރާއްޖޭގައި މަސައްކަތްކުރުމުގެ ލައިސަންސްދޭ އެހެނިހެން އިދާރާތަކުން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯ އާއި ކޯހެއްތޯ ކަށަވަރުކުރުމަށް މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ. 

މިއީ ލިބޭ ސެޓްފިކެޓުގެ ގަބޫލުކުރެވޭނެކަން ކަށަވަރުކުރުމަށްޓަކައެވެ.މި ކޯހާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ކޯހުގެ ޑިރެކްޓަރ ޑރ. ބިވާޝް ޕަންޑަވް އަދި ފެކަލްޓީ އޮފް ވައިލްޑްލައިފް ސައިންސަސްގެ ޑީން ޑރ. ރުޗި ބަދޯލާ އާ އީމެއިލް މެދުވެރިކޮށް މުއާމަލާތް ކުރުމަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS