Ads by Stelco

ޚަބަރު

އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފޮނުއްވައިފި

އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ  ނައިބު ފޮނުއްވައިފި

ނައިބު ރައީސް/ފޮޓޯ: ރައީސް އޮފީސް

04 ޖުލައި 2025، 07:15

އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ތަހުނިޔާ  ފޮނުއްވައިފިއެވެ.

ނައިބު ރައީސް ވަނީ، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕަށާއި، އެމެރިކާގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވުމަށް މީސްމީޑިއާގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ.

މި ޕޯސްޓުގައި ނައިބު ރައީސް ވިދާޅުވީ، ފާއިތުވެދިޔަ އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުގެ ވެސް އެމެރިކާގެ މިނިވަން ދުވަހަކީ އަޚުވަންތަކަމާއި، ގިނަ ހަރަކާތްތަކާއެކު އުފާވެރިކަން ގެނުވާނެ ދުވަހަކަށްވާނެ ކަމިގެ ޔަޤީންކަން އޮންނަވާ ކަމަށެވެ. ހަމަ އެހެންމެ، މިދުވަހު ވެސް އެ ޤައުމުން އަބަދުވެސް ގެންގުޅުއްވާ އަސާސްތައް ފެނިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަހަރު ފާހަގަކުރަމުންދަނީ އެމެރިކާގެ މިނިވަންކަމަށް 249 އަހަރު ފުރޭ އަހަރެވެ. ދިވެހިރާއްޖެއާއި އެމެރިކާއިން ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS