Ads by Stelco

ޚަބަރު

އައު ފަސިންޖަރު ޓާމިނަލުގައި ބޭނުންކުރާ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރާނެ މުވައްޒަފުން ތަމްރީނުކޮށްފި

އައު ފަސިންޖަރު ޓާމިނަލުގައި ބޭނުންކުރާ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރާނެ މުވައްޒަފުން ތަމްރީނުކޮށްފި

އާ ފަސިންޖަރު ޓާމިނަލުގައި ބޭނުންކުރާ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރާނެ މުވައްޒަފުން ތަމްރީނުކުރުން.ފޮޓޯ:އެމްއޭސީއެލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ޖުލައި 2025، 11:41

05 ޖުލައި 2025، 11:41

މި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުންދާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ފަސިންޖަރު ޓާމިނަލުގައި ބޭނުންކުރާނެ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓްކުރުމަށް 46 މުވައްޒަފުން ތަމްރީނުކޮށްފިއެވެ.

އެމްއޭސީއެލުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ތަމްރީނު ޕްރޮގްރާމުގެ ދަށުން 14 މުވައްޒަފުން ވަނީ މެލޭޝިއާއަށް ފޮނުވައިގެން ތަމްރީނުކޮށްފައެވެ. ފަސިންޖަރު ބޯޑިން ބްރިޖަކީ މަތިންދާބޯޓުން ޓާމިނަލްއަށް ރައްކާތެރިކަމާއެކު ފޭބުމަށް ގުޅާލެވޭ ބްރިޖެކެވެ. މި ބްރިޖުގެ ސަބަބުން ފަސިންޖަރުންނަށް ބަސް ބޭނުންނުކޮށް މަތިންދާބޯޓުން ސީދާ ޓާމިނަލަށް ވަދެވޭނެއެވެ.

އެމްއޭސީއެލުން ބުނީ ގޮތުގައި މި ތަމްރީނުތަކުގެ މައިގަނޑު މަޤްޞަދަކީ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓްކުރާ މުވައްޒަފުން އިންޑަސްޓްރީގެ މިންގަނޑުތަކާއި އެންމެ ރަނގަޅު އުސޫލުތަކަށް އަހުލުވެރިކުރުވުމެވެ. އަދި ބޯޑިން ބްރިޖުތައް ސަލާމަތްތެރިކަމާއެކު އޮޕަރޭޓްކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމެވެ.

ތަމްރީނު ޕްރޮގްރާމުގެ ތެރޭގައި މުވައްޒަފުން ވަނީ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓްކުރުމުގެ ސިމިއުލޭޓަރ އެކްސަސައިޒްތަކެއްވެސް ފުރިހަމަކޮށްފައެވެ. އެމްއޭސީއެލްގެ އަމާޒަކީ މެލޭޝިއާގައި ތަމްރީނު ލިބިފައިވާ މުވައްޒަފުން މެދުވެރިކޮށް އިތުރު މުވައްޒަފުން ތަމްރީނުކުރުމެވެ.

މިނިވަން ދުވަހާ ދިމާކޮށް ހުޅުވުމަށް ހަމަޖެހިފައިވާ އައު ޓާމިނަލްއަކީ ޒަމާނީ ވަސީލަތްތަކާއި މަތީ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދޭނެ ތަނަވަސް ޓާމިނަލެއް ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.

 ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން މުވައްޒަފުން ތަމްރީނުކުރުމަށް ޚާއްސަ އިސްކަމެއް ދެމުންދާ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއްވިއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS