Ads by Stelco

ޚަބަރު

ރަތަފަންދޫ ބަނދަރު ތަރައްްޤީ ކޮށްދޭނެ ބަޔަކު ހޯދަނީ

ރަތަފަންދޫ ބަނދަރު ތަރައްްޤީ ކޮށްދޭނެ ބަޔަކު ހޯދަނީ

ގދ ރަތަފަންދޫ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ޖުލައި 2025، 11:44

05 ޖުލައި 2025، 11:44

ގދ. ރަތަފަންދޫ ބަނދަރު މަރާމާތުކޮށް އިތުރަށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ. 

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ޖެނުއަރީ މަހު ރަތަފަންދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދެއް ފުއްދުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ރައީސުލްޖުމްހޫރިއްޔާ ރަތަފަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ދަތުރުފުޅުގައި "ރަތަފަންދޫގައި ކުޑަ އާބާދީއެއް އޮތް ނަމަވެސް އެ ރަށަށް ބޭނުންވާ ކަންކަމަކީވެސް މުހިންމު ކަންކަން" ކަމަށް ވިދާޅުވެ، ރައްޔިތުންގެ އުއްމީދުތަކުގައި ހަޤީޤީ ކުލަ ޖައްސަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

މާލީ ވުޒާރާއިން ހާމަކުރި ގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. މި މަސައްކަތުގެ ތެރޭގައި 221 މީޓަރުގެ ބޭރު ތޮށި ލުމާއި، ކަނޑިންމާ ބައްތި ހަރުކުރުމާއި، 21 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 312.7 މީޓަރުގެ ޖެޓީއެއް ހެދުމާއި ވެލި އެއްވަރުކުރުން ހިމެނެއެވެ.

މި މަޝްރޫޢަށް ބިޑު ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރު 13:00 ޖެހުމުގެ ކުރިންނެވެ. އަދި ބިޑު ހުޅުވުން އޮންނާނީ ޖެހިގެން އަންނަ 24 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

މި މަޝްރޫޢާ ގުޅޭ އިތުރު މަޢުލޫމާތު މާލީ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ. މި މަޝްރޫޢު ފެށުމުން ރަތަފަންދޫގެ ބަނދަރުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރަށުގެ ތަރައްޤީއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS