Ads by Stelco

ޚަބަރު

ތެލެސީމިއާ ކުދިންނަށް ދޭ ޚިދުމަތް ފަސޭހަކުރުމަށް ބްލަޑް ސާވިސަސްގައި ހޮޓްލަައިނެއް ޤާއިމުކޮށްފި

ތެލެސީމިއާ ކުދިންނަށް ދޭ ޚިދުމަތް ފަސޭހަކުރުމަށް ބްލަޑް ސާވިސަސްގައި ހޮޓްލަައިނެއް ޤާއިމުކޮށްފި

ތެލެސީމިއާ ބަލީގެ މީހެއްގެ ގަޔަށް ލޭ އަޅަނީ.ފޮޓޯ: ސަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ޖުލައި 2025، 01:04

05 ޖުލައި 2025، 01:04

ހުލާސާ


ތެލަސީމިއާ ކުދިންނާއި މީހުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ލުއިފަސޭހަކަން ގެނައުމުގެ މަޤްޞަދުގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ހޮޓްލައިން ނަންބަރެއް ތަޢާރަފްކޮށްފިއެވެ. 

މި ހޮޓްލައިން ނަންބަރަކީ 7333645 އެވެ.އެ އިދާރާ ހުޅުވިފައި ހުންނަ ގަޑިތަކުގައި މި ނަންބަރު މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެ ކަމަށް ބްލަޑް ސަރވިސަސްއިން މަޢުލޫމާތު ދެއެވެ. އަދި މި ނަންބަރުން ވައިބަރ އަދި ވަޓްސްއެޕް މެދުވެރިކޮށްވެސް މަޢުލޫމާތު ސާފުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

ރާއްޖޭގައި އިތުރުވަމުންދާ ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ވަކިން ޚާއްޞަކޮށް އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ ލޭ އަދި ބޭސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވަނީ ފެށިފައެވެ.

ތެލަސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމުގެ ގޮތުން، މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތައް ފުޅާކޮށް، އެ ތަން ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މި ބަދަލާއެކު ތެލަސީމިއާ ކުދިންނާއި މީހުންނަށް މިހާރަށްވުރެ ފުރިހަމަ ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މި ހޮޓްލައިން ޚިދުމަތް ތަޢާރަފްކުރުމާއެކު، ތެލަސީމިއާ ކުދިންނާއި މީހުންނަށް ޚިދުމަތް ހޯދުމުގައި ކުރިމަތިވާ ދަތިތައް ކުޑަވެ، އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ވަނީ ފާހަގަކޮށްފައެވެ. 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS