Ads by Stelco

ޚަބަރު

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ޤުރުއާން މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ޤުރުއާން މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ، ޖަމްޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރްއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތު ގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

06 ޖުލައި 2025، 06:10

06 ޖުލައި 2025، 06:10

ދިވެހިރާއްޖޭގައި މެދުކެނޑުމެއް ނެތި ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ ޤުރުއާން މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޖަމުޢިއްޔަތުލް ފަލާޙުން ރޭ ބޭއްވި މި ރަސްމިއްޔާތަކީ އެ ޖަމުޢިއްޔާއިން ބޭއްވި ރަންޔޫބީލް މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތެވެ. އެ ޖަމްޢިއްޔާއިން މި މުބާރާތް ބާއްވަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހެވެ. އަދި މި ފަހަރުގެ މުބާރާތުގައި 535 ދަރިވަރުން ބައިވެރިވިއެވެ.

ޖަމުޢިއްޔަތުލް ފަލާޙަކީ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމާއި، ތަޢުލީމު އުނގަންނައިދިނުމުގެ ފަޚުރުވެރި ތާރީޚެއް އޮންނަ ޖަމުޢިއްޔާއެކެވެ. ފަލާޙް ޕްރީސްކޫލާއި ފަލާޙް ޤުރުއާން ކުލާސް ވެސް ހިންގަމުން އަންނަނީ އެ ޖަމުޢިއްޔާއިންނެވެ. 

އެ ރަސްމިއްޔާތުގައި ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ ހަނދާނީ ފިލާ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވެއެވެ.

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ޤުރުއާން މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ ހަނދާނީ ފިލާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން، ފޮޓޯ: ރައީސް އޮފީސް


މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުބާރާތުން ފާހަގަކޮށްލެވޭ ވަނަތައް ހާސިލްކުރި 13 ދަރިވަރަކަށް އިނާމާއި ހަނދާނީ ފިލާ  ހަވާލުކޮށްދެއްވާފައެވެ. މީގެތެރޭގައި ސްކޫލްތަކާއި ވަކިވަކި ދަރިވަރުން ހިމެނެއެވެ. މީގެއިތުރުން ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ބައިން އެކި ވަނަތަކަށް ހާސިލުކުރި ދަރިވަރުންނަށްވެސް އިނާމް ދެއްވާފައިވެއެވެ.

ފަލާޙް ޖަމްޢިއްޔާޢިން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތަކީ ‎ދަރިވަރުންގެ މެދުގައި ޤުރުއާނަށް ލޯބި ޖައްސާ ގުރުއާން ހިތުދަސްކުރުމަށް ހިތްވަރު ދިނުމާއި ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ކީރިތި ގުރުއާން ކިޔަވަން ދަންނަ ދަރިވަރުން އުފެއްދުމަށް ކުރިއަށް ގެންދާ މުބާރާތެކެވެ.

ކީރިތި ޤުރުއާނުގެ ޢިލްމާއި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވާ ކަމެކެވެ. އެގޮތުން މި ހިނގާ ޖުލައި މަހުން ފެށިގެން، ރާއްޖޭގައި ޙާފިޒުންނަށް ދޭ އެލަވަންސް ވަނީ ދެ ގުނައަށް އިތުރުކުރައްވާފައެވެ. މީގެ އިތުރުން ކީރިތި ޤުރުއާނާއި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް މާލީ ތަނަވަސްކަން ދެމެހެއްޓެނި ގޮތެއްގައި ލިބެމުންދާނޭ މަގު ފަހިކުރުމުގެ ގޮތުން، ވަޤުފް ޢިމާރާތްތައް ބިނާކުރެއްވުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS