ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. ކަމަދޫއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން/ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބ. ކަމަދޫގެ ގެއެއް ބަލައި ފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކަމަދޫ ޕޮލިސް ޕޯސްޓަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ހިނގާ ޖޫން މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަދޫ ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. ކަމަދޫ / ސުވާސާގެ، ޢަލީ ރިޔާޟު ޙަސަން (53އ) އާއި ބ. ކަމަދޫ / ފެންފިޔާޒުގެ، އާމިނަތު ފަރީޝާ (42އ) އެވެ. މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ ރިޔާޟު ޙަސަން (53އ)، 5 ދުވަހަށް ބަންދުކުރުމަށް އަދި އާމިނަތު ފަރީޝާ (42އ)، 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.