ޚަބަރު
ބިންވެރިޔާ ސްކީމްގެދަށުން އިތުރު 09 ގޯތި ގޯތީގެ ވެރިފަރާތާއި ހަވާލުކޮށްފި
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް2 އިން ގޯތި ލިބުނު ފަރާތެއް ފޮޓޯ: ގެދޮރުވެރިކަމާއި ބެހޭ ވުޒާރާ
ގެދޮރުވެރިކަމާއި، ބިމާއި، އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އިން އިތުރު 9 ގޯތި އޭގެ ވެރިފަރާތްތަކާ ހަވާލުކޮށްފިއެވެ. މިއާއެކު މިހާތަނަށް މި ސްކީމްގެ ދަށުން ހުޅުމާލެއިން ޖުމްލަ 689 ގޯތި ވަނީ ހަވާލުކުރެވިފައެވެ.
މާލެއަށް ނިސްބަތްވާ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ ސަރަޙައްދުން 9,000 އަށްވުރެ ގިނަ ގޯތި ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ ހުޅުމާލެއިން 1,351 ގޯތި، ގުޅީފަޅުން 2,218 ގޯތި އަދި ގިރާވަރު ފަޅުން 5,432 ގޯއްޗެވެ.
<blockquote class="twitter-tweet"><p lang="dv" dir="rtl">ބިންވެރިޔާ ސްކީމްގެދަށުން ހުޅުމާލެ ފޭސް 2 އިން މިއަދު ވަނީ އިތުރު 09 ގޯތި ގޯތީގެ ވެރިފަރާތާއި ހަވާލުކުރެވިފައި. އެހެންކަމުން ޖުމުލަ 689 ގޯތި ވަނީ މިހާތަނަށް ވެރިފަރާތްތަކަށް ހަވާލުކުރެވިފައި. <a href="https://t.co/7O8RlhmG2F">pic.twitter.com/7O8RlhmG2F</a></p>— Ministry of Housing, Land and Urban Development (@MHLUDmv) <a href="https://twitter.com/MHLUDmv/status/1846189703936332231?ref_src=twsrc%5Etfw">October 15, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރަމުން ގެންދަނީ، ގޯތި ދިނުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތައް ސާފުކޮށް، އެ ސަރަހައްދުތަކުގައި ހުރި އެކިއެކި މައްސަލަތައް ހައްލުކޮށް، އިންވަކިކުރުމަށްފަހުގައެވެ. ކުރީގެ ސަރުކާރުން ގޯތި ދިނުމުގައި އާންމު ޚިދުމަތްތަކަށް ބޭނުންވާ ބިންތައް ކަނޑަނޭޅުމާއި، މަގުތަކަށް އަރާގޮތަށް އަދި ޔުޓިލިޓީ ޚިދުމަތްތަކުގެ ނެޓްވޯކްތަކަށް އަރާގޮތަށް ބިން ދޫކޮށްފައި ހުރުމުގެ ސަބަބުން، މި މައްސަލަތައް ހައްލުކޮށް، ބިން ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެޗްޑީސީއާއި ކަމާގުޅުންހުރި އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ.