ޚަބަރު
ރާއްޖޭގެ އުތުރުގެ 12 ރަށެއްގައި ގްރީންހައުސް ޤާއިމުކޮށްފި
 
                    ގްރީންހައުސް ޤާއިމުކުރުން/ފޮޓޯ: ދަނޑުވެރިކަމާއި ދިރާތަކެއްޗާ ބެހޭ ވުޒާރާ
ރާއްޖޭގެ އުތުރުގެ 12 ރަށެއްގައި ގްރީންހައުސްތައް ޤާއިމުކޮށްފައިވާކަމަށް ދަނޑުވެރިކަމާއި ދިރާތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވިދާޅުވީ، މިއީ ތިމާވެށްޓާއި ރަށްޓެހި ދެމެހެއްޓެނިވި ދަނޑުވެރިކަން ދަނޑުވެރިންނަށް ތަޢާރަފް ކުރުމުގެ ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށެވެ. މިއީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އާއި އިފާޑް ގުޅިގެން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ކުރިޔަށްގެންދާ މަސައްކަތެކެވެ. އެގޮތުން، މިޕްރޮގްރާމް ކުރިއަށް ގެންދަނީ ހއ، ހދ، އަދި ށ އަތޮޅުގެ ޖުމްލަ 26 ރަށެއްގައެވެ.
ޤްރީންހައުސްތައް މިހާރު ޤާއިމުކޮށްފައިވާ ރަށްތައް:
- 
ހދ. މަކުނުދޫ 
- 
ހދ. ނޭކުރެންދޫ 
- 
ހދ. ނޮޅިވަރަމްފަރު 
- 
ހދ. ވައިކަރަދޫ 
- 
ހއ. ކެލާ 
- 
ހއ. އުލިގަމު 
- 
ހއ. މޮޅަދޫ 
- 
ހއ. ފިއްލަދޫ 
- 
ށ. ނަރުދޫ. 
- 
ށ. ގޮއިދޫ 
- 
ށ. ފޯކައިދޫ 
ދަނޑުވެރިކަމާއި ދިރާތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ، މީގެ ކުރިން ގްރީން ހައުސްތަކުގައި ކިއުކަމްބާ އަދި މެލަން އެކަނި ހައްދަމުން ދިޔަނަމަވެސް، މިހާރު މިރުސް އަދި ކެޕްސިކަމް ފަދަ ތަކެތި ހެއްދުމުގެ ތަމްރީނުތައް ކުރިއަށްގެންދެވިފައިވާ ކަމަށެވެ. އެގޮތުން 12 ރަށުގެ ތެރެއިން މިހާތަނަށް 11 ރަށެއްގައި ގްރީންހައުސްގެ ހަރަކާތްތައް ކުރިޔަށް ގެންދެވިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ގްރީން ހައުސްތައް ޤާއިމްކޮށް ދަނޑުވެރިން ޒަމާނީ ދަނޑުވެރިކަމަށް އަހުލުވެރި ކުރުމުގެ އިތުރުން، ދަނޑުވެރިކަމުގައި ކުރިއަރައި ދިއުމަށް ބޭނުންވާ ތަފާތު ތަމްރީންތައްވެސް ދަނޑުވެރިންނަށް މެޕް އިން އަންނަނީ ފޯރުކޮށްދެމުންނެވެ.
 
                 
                             
                                         
                 
                 
                                             
                                            