ދުނިޔެ

ޔޫރަޕުގެ ޤައުމުތަކުގައި ހޫނުގަދަވެ ބޮޑެތި އަލިފާނުގެ ހާދިސާތައް ހިނގަނީ

ޔޫރަޕުގެ ޤައުމުތަކުގައި ހޫނުގަދަވެ ބޮޑެތި އަލިފާނުގެ ހާދިސާތައް ހިނގަނީ

ހޫނުގަދަވުމުގެ ސަބަބުން އަލިފާން ރޯވި ސަރަހައްދެއްގައި އަލިފާން ނިއްވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ޖުލައި 2025، 02:06

06 ޖުލައި 2025، 02:06

ޔޫރަޕުގެ އެކި ޤައުމުތަކުގައި ހޫނުގަދަވެ ފްރާންސް، ތުރުކީ އަދި ގްރީސްގައި ބޮޑެތި އަލިފާނުގެ ހާދިސާތައް ހިނގަމުން އެބަދެއެވެ.

 ފްރާންސްގެ ދެކުނު ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކާ ދެކޮޅަށް ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ފްރާންސްގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި، ޖޫން 19 ވަނަ ދުވަހުން ފެށިގެން 16 ދުވަހު ދެމިގެންދިޔަ ހޫނުގެ ރާޅު މިހާރުވަނީ ނިމުމަކަށް އައިސްފައިކަމަށެވެ. ނަމަވެސް، މި ހޫނުގެ ސަބަބުން ބޮޝް ޑު ރޯން އަދި ހެރޯލްޓް ސަރަހައްދުތަކުގައި ބޮޑެތި އަލިފާނުގެ ހާދިސާތައް ހިނގައި، މައިގަނޑު މަގުތައް ބަންދުކުރަން ޖެހުނެވެ.

ތުރުކީގައި ހިނގަމުންދާ ހަނަފަސްކަމުގެ ތެރޭގައި، ހަޓާއީ ސަރަހައްދުގައި އަލިފާނުގެ ހާދިސާތައް ކޮންޓްރޯލް ކުރުމަށް މަސައްކަތްތައް ކުރިއަށްދާކަމަށް ރިޕޯޓުތަކުން ބުނެއެވެ. ވޭތުވެދިޔަ ހަފްތާގައި 600 އަށްވުރެ ގިނަ އަލިފާނުގެ ހާދިސާ ހިނގާފައިވާއިރު، އިޒްމިރް ސަރަހައްދުގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ފަޔަރފައިޓަރަކު ވަނީ ނިޔާވެފައެވެ.

ގްރީސްގެ އީވިއާ ޖަޒީރާގައި ހިނގި އަލިފާނުގެ ހާދިސާގައި ދެ ރަށެއްގެ ރައްޔިތުން ސަލާމަތްކުރުމަށް އެހެން ސަރަހައްދުތަކަށް ބަދަލުކުރަން ޖެހުނުކަމަށް އެޤައުމުގެ މީޑީއާއިން ވަނީ ބުނެފައެވެ. މި ހާދިސާ ކޮންޓްރޯލް ކުރުމަށް 160 އަށްވުރެ ގިނަ އަލިފާން ނިއްވުމުގެ މާހިރުންނާއި، 46 ޓްރަކާއި، 5 އަލިފާން ނިއްވާ މަތިންދާބޯޓު ބޭނުން ކުރެވެމުންދެއެވެ.

މި ހާދިސާތަކުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުކުރެވިފައެވެ. އަދި މަގުތައް ބަންދުކުރަން ޖެހުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހުމުގެ މައްސަލަތައްވެސް ކުރިމަތިވެފައިވެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS