Ads by Stelco

ޚަބަރު

ސައިކަލު ފަހަތުގައި އިންމީހާއާ ސުވާލުކުރިކަމަށްބުނެ ސޯޝަލް މީޑިއާގައި ކޮށްފައި އޮތް ޕޯސްޓުގެ ހަޤީޤަތް ފުލުހުން ހާމަކޮށްފި

ސައިކަލު ފަހަތުގައި އިންމީހާއާ ސުވާލުކުރިކަމަށްބުނެ ސޯޝަލް މީޑިއާގައި ކޮށްފައި އޮތް ޕޯސްޓުގެ ހަޤީޤަތް ފުލުހުން ހާމަކޮށްފި

މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ޖުލައި 2025، 03:30

06 ޖުލައި 2025، 03:30

ސައިކަލު ފަހަތުގައި އިންމީހާއާއި ސުވާލުކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގެ ހަޤީޤަތް ދިވެހި ފުލުހުން ހާމަކޮށްފިއެވެ. 

ސައިކަލު ފަހަތުގައި އިންމީހާއާއި ސުވާލުކުރި ކަމަށް ބުނާ ޕޯސްޓުގައި ބުނެފައިވަނީ ލައިސެންސް އޮތަސް ނެތަސް ހިފަހައްޓާފަ ޓޯ ކުރާކަމަށާއި ވާހަކަ ދައްކަނީ ބާޒާރުމަތީ ބަހުރުވައިންކަމަށެވެ. މީގެއިތުރުން ހިފަހައްޓާފަ ސުވާލު ކުރާނީ ސައިކަލުގެ ފަހަތުގައި އިންނަ މީހާއާކަމަށް ބުނެފައިވެއެވެ. އަދި އެޕޯސްޓުގައި ފުލުހުން ޓެގް ކޮށް މިއީ އިންސާފުތޯ ސުވާލުކޮށްފައެވެ. 

 ފުލުހުން މިއަދު ވަނީ މި ޕޯސްޓާއި ގުޅޭ ހަޤީޤަތް ހާމަކޮށްފައެވެ. 

ފުލުހުން ބުނެފައިވަނީ މިމައްސަލާގައި ސައިކަލު ފަހަތުގައި އިން މީހާއާއި ސުވާލުކޮށް ފިޔަވަޅު އަޅައިފައިވަނީ ފުލުހުން ފެނުމުން ދުއްވަން އިން މީހާ ބަދަލުކުރުމާ ގުޅިގެން ހުއްޓުވައި ބެލިއިރު ލައިސެންސް ނެތް މީހަކު އުޅަނދު ދުއްވާފައިވާތީއެވެ. 

ފުލުހުން އިތުރަށް ބުނެފައިވަނީ ފުލުހުން މިމައްސަލާގައި ފިޔަވަޅު އަޅައިފައިވަނީ އުސޫލްތަކާއި އެއްގޮތަށް ކަމަށެވެ. 

 

މި ލިޔުން ކިޔާލުމުން

Ads by MSS