Ads by Stelco

ޚަބަރު

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ސިވިލް ސަރވިސް ކޮމިޝަން--

06 ޖުލައި 2025، 07:25

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.

މި ފުރުޞަތު ހުޅުއްވާލައްވާފައިވަނީ، އެ ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން 3 މެންބަރެއްގެ މުއްދަތު ހަމަވާތީއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގައި މިހާރު ޖުމްލަ 5 މެންބަރުން ތިއްބަވައެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިހާއި، ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޛް މުޙައްމަދު މުޖްތާޒާއި، ކޮމިޝަނުގެ މެންބަރުން ކަމަށްވާ މުޙައްމަދު ފަރުޞަތާއި، ފާތިމަތު ޝަރީފާއި، ފާތިމަތު ހަބީބާއެވެ. މި މެންބަރުންގެ ތެރެއިން މަޤާމުގެ މުއްދަތު ހަމަވަނީ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިހާއި، މެންބަރުން ކަމަށްވާ މުޙައްމަދު ފަރުޞަތާއި ފާތިމަތު ޝަރީފްގެއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި ފުރުޞަތު މިއަދުން ފެށިގެން މިހިނގާ ޖުލައި މަހުގެ 20 ވާ އާދީއްތަ ދުވަހުގެ 12:00ގެ ނިޔަލަށް ހުޅުއްވާލައްވާފައިވާ ކަމަށެވެ. އަދި މި މަޤާމަށް އެދި ހުށަހަޅާ ފޯމު ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިބެން ހުންނާނެކަމަށް ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS