ކުޅިވަރު

ހުރިހާ ކްލަބެއްގެ ތާޢީދާއެކު ޠާރިޤު އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލައިފި

ހުރިހާ ކްލަބެއްގެ ތާޢީދާއެކު ޠާރިޤު އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލައިފި

އެފްއޭއެމްގެ ރައީސްގެ މަޤާމަށް ޠާރިޤު ފޯމު ހުށަހެޅުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

07 ޖުލައި 2025، 08:22

07 ޖުލައި 2025، 08:22

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މެންބަރު ހުރިހާ ކްލަބެއްގެ ތާޢީދާއެކު، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަދި ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙްމަދު ޠާރިޤު (ޓޮމް) އެ އެސޯސިއޭޝަންގެ ރައީސްކަމަށް ކުރިމަތިލައިފިއެވެ.

އެފްއޭއެމްގެ މެންބަރުންގެ ގޮތުގައި ހިމެނޭ 23 ކްލަބުގެ ތާޢީދާއެކު ރައީސްކަމަށް ކުރިމަތިލާފައިވާ ޠާރިޤުގެ އެންމެ ބޮޑު ވަޢުދަކީ ރާއްޖޭގެ 4 ސަރަޙައްދެއްގައި ރީޖަނަލް އެސޯސިއޭޝަންތައް ހަދައި އެ ރީޖަންތަކުން އެފްއޭއެމްގެ ކަންކަމުގައި ބަސްކިޔުމުގެ ފުރުޞަތު ހޯދައިދިނުމެވެ.

ޠާރިޤުގެ ޓީމުގައި ކުރީގެ ޤައުމީ ޓީމުގެ ގޯލްކީޕަރު އިމްރާން މުޙައްމަދު އާއި ޤައުމީ ޓީމަށް ކުޅުނު މުޙައްމަދު ޢުމެއިރު ހިމެނެއެވެ. 

ޠާރިޤުގެ އެކްސްކޯ ޓީމުގައި ހިމެނޭ މެންބަރުން:

  • ރައީސް: އަޙްމަދު ތާރިޤް
  • ސީނިއަރ ނައިބު ރައީސް: އަލީ އިބްރާހީމް (ނިއު ރޭޑިއަންޓް)
  • ނައިބު ރައީސް: ހުސައިން ޝާފިއު (މާޒިޔާ)
  • ނައިބު ރައީސް: މުޖުތަބާ ޖަލީލް (ނިއު ރޭޑިއަންޓް)
  • އިމްރާން މުޙައްމަދު (ކުރީގެ ގައުމީ ޓީމުގެ ކީޕަރު)
  • މުޙައްމަދު އުމައިރު (ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ)
  • އަޙްމަދު އައްބާސް (ޓީސީ)
  • އަލީ ރިޒްވާން (ބީޖީ)
  • އަންހެން މެންބަރު: ޙައްވާ ނަސްރާ ސަޢީދު
  • އަންހެން މެންބަރު: ހައްވާ ރަޝީދާ
  • ޢަބްދުﷲ ނާސިޙު (އޮޑި ސްޕޯޓްސް)

އެފްއޭއެމްގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބު ތާވަލުކޮށްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހަށެވެ. 

އެފްއޭއެމްގެ އިންތިޚާބު މިދިޔަ ދޮޅު އަހަރު ތެރޭގައި ވަނީ ދެ ފަހަރަށް ނުބޭއްވި ފަސްވެފައެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓުން ފެށިގެން ފީފާއިން ވަނީ އެފްއޭއެމް ނޯމަލައިޒްކޮށްފައެވެ. 

ފީފާއިން ވަނީ މީގެ އެއް އަހަރު ކުރިން އެފްއޭއެމްގެ ރައީސް ކަމުގައި ހުރި ބައްސާމް އަދީލް ޖަލީލް ސަސްޕެންޑްކޮށްފައެވެ. އަދި އިސްލާހުކުރި ޤަވާއިދުގެ ދަށުން ބައްސާމަށް ވަނީ މިފަހަރު އިންތިހާބުގައި ވާދަކުރުމުގެ ހުރިހާ ދޮރެއް ބަންދުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS