Ads by Stelco

ޚަބަރު

ތުރުކީގެ އިސްތާންބުލްގައި ބާއްވާ ހަލާލް ސަމިޓް އަދި އެކްސްޕޯގައި ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ތުރުކީގެ އިސްތާންބުލްގައި ބާއްވާ ހަލާލް ސަމިޓް އަދި އެކްސްޕޯގައި ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން/ފޮޓޯ: ބީސީސީ

07 ޖުލައި 2025، 01:15

ތުރުކީގެ އިސްތާންބުލްގައި ބާއްވާ ހަލާލް ސަމިޓް އަދި އެކްސްޕޯގައި ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

އިސްތާންބުލްގައި ބާއްވާ 11 ވަނަ "ވޯލްޑް ހަލާލް ސަމިޓް އެންޑް ހަލާލް އެކްސްޕޯ 2025" ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 26 އިން 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ތުރުކީގައި އޮންނަ މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ވިޔަފާރިވެރިންނަށް ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން، ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތާއި، އުފެއްދުންތައް ގަނެ ވިއްކުމުގެ މަޢުލޫމާތު "ދަ ގެނެރަލް ސެކްރެޓްރިއަޓް އޮފް ދަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައި.އޯ.ސީ)" އިން ހިއްސާކޮށްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި އެކްސްޕޯގައި ބައިވެރިވުމަށް އެދި ހުށައަޅަންޖެހޭ ރަޖިސްޓްރޭޝަން ފޯމް "helalexpo.com.tr" އިން ލިބިވަޑައިގަންނަވާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ހަމަ އެހެންމެ، މި އެކްސްޕޯއަކީ ހަލާލު ކާބޯތަކެއްޗާއި ފަތުރުވެރިކަމާއި އެކި ދާއިރާތަކުން ޙަރަކާތްތެރިވާ ފަރާތްތަކުން އެއްތަނަކަށް އެއްވާ ބައިނަލްއަޤްވާމީ އެކްސްޕޯއަކަށްވާއިރު، ރާއްޖެއަށް ލިބިފައިވާ މި ފުރުޞަތުގެ ސަބަބުން ދިވެހިރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް އިޝްތިހާރުކުރެވިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS