Ads by Stelco

ޚަބަރު

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް މިއަދު ހުޅުމާލޭގައި ފަށައިފި

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް މިއަދު ހުޅުމާލޭގައި ފަށައިފި

ސިފައިން މަގުމަތީ ޙަރަކާތްތެރިވަނީ/ފޮޓޯ: އެޑިޝަން އެމްވީ

07 ޖުލައި 2025، 05:40

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް މިއަދު ހުޅުމާލޭގައި ފަށައިފި އެވެ.

ދިފާޢީ ވުޒާރާއިން ވިދާޅުވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް މިހިނގާ ޖުލައި މަހުގެ 07 ގައި ހުޅުމާލެ ފޭސް 2 އަދި ފޭސް 3 ހިމެނޭ އެކި ސަރަހައްދުތަކުގައި ފަށައިގެން ކުރިއަށްދާ ކަމަށެވެ. ހަމަ އެހެންމެ، މި ތަމްރީނުތައް ކުރިއަށް ގެންދާނީ މާދަމާގެ ނިޔަލަށްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ތަމްރީނުގައި ސިފައިން ހަތިޔާރާއެކު ޙަރަކާތްތެރިވި ނަމަވެސް ލައިވް ވަޒަނާއި ގޮވާޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް ބޭނުމެއް ނުކުރާނެ ކަމަށެވެ.

މީގެ އިތުރުން ދިފާޢީ ވުޒާރާއިން ވިދާޅުވީ، ހުޅުމާލޭގައި މިއަދު ފަށާފައިވާ ތަމްރީނުތަކުގެ އިތުރުން، އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް އދ. މާމިގިލީގައި ކުރިއަށް ގެންދިޔުމަށް ވެސް ނިންމަވާފައިވާ ކަމަށެވެ. ހަމަ އެހެންމެ، މި ތަމްރީނުތަކުގައި ވެސް  ލައިވް ވަޒަނާއި ގޮވާ ޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް ބޭނުމެއް ނުކުރާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS