Ads by Stelco

ޚަބަރު

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގެ ތެރެއިން އެމްއޭސީއެލްއިން އެއްލައްކަ ގަސް އިންދަނީ

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގެ ތެރެއިން އެމްއޭސީއެލްއިން އެއްލައްކަ ގަސް އިންދަނީ

އެމްއޭސީއެލް އިން އެއްލައްކަ ގަސް އިންދުމުގެ ހަރަކާތް ފެށުން/ފޮޓޯ: އެމްއޭސީއެލް

07 ޖުލައި 2025، 08:56

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ގޮތުން މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އެއްލައްކަ ގަސް އިންދުމަށް ނިންމައިފިއެވެ. 

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވަޢުދެކެވެ. މި ވަޢުދުގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުގައި ގަސް އިންދުމުގެ ހަރަކާތްތައް އަންނަނީ ކުރަމުންނެވެ.

އެމްއޭސީއެލްއިން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަލަށް ތަރައްޤީކުރި ފަސިންޖަރ ޓަރމިނަލުގެ ކުރިމައްޗަށްވާ ސަރަޙައްދުގައި ގަސް އިންދުމުގެ ހަރަކާތް ފަށައިފައެވެ. މި ޙަރަކާތުގައި، ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ބައިވެރިވެވަޑައިގެން ވަނީ ގަސް އިންދަވާފައެވެ. ހަމަ އެހެންމެ، އެމްއޭސީއެލް ގެ އެމްޑީ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދާއި، ޑީއެމްޑީ މުހައްމަދު ލަމްއާން އަދި މުުޖުތަބާ ލަތީފް ވަނީ މި ޙަރަކާތުގައި ބައިވެރިވެވަޑައިގެން ގަސް އިންދަވާފައެވެ.

އެމްއޭސީއެލްއިން ވިދާޅުވީ، އެ ކުންފުނިން ނިންމަވާފައިވާގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އަހަރުގެ ތެރޭގައި އެއްލައްކަ ގަސް އިންދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS